Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ގައުމަށް ތަރައްގީ ލިބެނީ ދިގުމުއްދަތަކަށް ކުރެވޭ ހަރުދަނާ އިޚްލާޞްތެރި ޚިދުމަތްތަކުން: އުގެއިލް

ގައުމަށް ތަރައްގީ ލިބެނީ ދިގުމުއްދަތަކަށް ކުރެވޭ ހަރުދަނާ އިޚްލާޞްތެރި ޚިދުމަތްތަކުން: އުގެއިލް

ރައްޔިތުންނަށް އުފާވެރިކަމާއި ގައުމަށް ތަރައްގީ ލިބެނީ ދުރުރާސްތާ ރޭވުންތަކެއްގެ މައްޗަށް، ދިގުމުއްދަތަކަށް ކުރެވޭ ހަރުދަނާ އިޚްލާޞްތެރި ޚިދުމަތްތަކުންކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތި ލައްވާނެ ކަމުގެ އިޝާރާތެއް ކޮށްފައިވާ ޕްރޮފެސަރ ވިދާޅުވީ އިރުއިރުކޮޅާ އެ ފުށް މި ފުށަށް ޖެހޭ ގައުމެއްގެ ރައްޔިތުންނަށް ހަމަޖެހުމެއް އަދި ކުރިއެރުމެއް ލިބިފައިވާތަނެއް ތާރީޚުން ނުފެންނާނެ ކަމަށެވެ.

"އިރުއިރުކޮޅާ އެ ފުށް މި ފުށަށް ޖެހޭ ގައުމެއްގެ ރައްޔިތުންނަށް ހަމަޖެހުމެއް ކުރިއެރުމެއް ލިބިފައިވާތަނެއް ތާރީޚަކުން ނުފެންނާނެ. ރައްޔިތުންނަށް އުފާވެރިކަމާއި ގައުމަށް ތަރައްގީ ލިބެނީ ދުރުރާސްތާ ރޭވުންތަކެއްގެ މައްޗަށް، ދިގުމުއްދަތަކަށް ކުރެވޭ ހަރުދަނާ އިޚްލާޞްތެރި ޚިދުމަތްތަކުން." ޕްރޮފެސަރ އުގެއިލް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/ugail/status/1430059097878147105

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަން ރައްޔިތުން ބޭނުން ނަމަ އެ ކަމަށް މިހާރު ވެސް ތައްޔާރު ކަމަށާއި ސިޔާސީ މަސައްކަތްތަކަށް ހުސްވުމަށް ރާއްޖެ ބަދަލުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޕްރޮފެސަރ އުގެއިލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އުގެއިލަކީ ހިސާބު އިލްމުން ޕީއެޗް.ޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެއްސެވެ. އޭނާއަކީ އިނގިރޭސި ވިލާތުގެ ބްރެޑްފަޑް ޔުނިވަސިޓީގެ ވިޝުއަލް ކޮމްޕިއުޓިން ސެންޓަރުގެ އެންމެ އިސްވެރިޔާ ވެސް މެއެވެ. އުގައިލް ވަނީ އެ ޔުނިވަސިޓީގެ އެންމެ ޝަރަފުވެރި މަގާމު ކަމަށްވާ އެކްސެލެންސް އިން ނޮލެޖް ޓްރާންސްފާ އެވޯޑް ވެސް ހާސިލް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް