Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާ ބެހޭ ބިލަށް، ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވައިލައިފި

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާ ބެހޭ ބިލަށް، ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވައިލައިފި

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލަށް، ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ރައްޔިތުންގެ މަޖިލީހުން ހުޅުވައިލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި
ދިރާސާކުރައްވަމުން ގެންދަވާ މިބިލަށް ހިޔާލު ހުށައެޅުމަށް މިއަދު ހުޅުވައިލި ފުރުސަތުގައި މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ 06 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް ([email protected])އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުމަށް އެ އިދާރާއިން އެދެއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށައަޅުއްވައިފައިވާ މިބިލުގެ ދަށުން ދިވެހި ރާއްޖޭގައި އުފަންވާ ކުދިން އުފަންވުން ރަޖިސްޓްރީ ކުރުމާއި ގުޅޭ އުސޫލުތައް ކަނޑައެޅޭނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަން ދުވަހުުގެ ސެޓްފިކެޓް ހެއްދުމާ ބެހޭ އުސޫލުތައް ކަނޑައެޅުމާއި ދިވެހި ރައްޔިތުންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ނަންބަރު ކަނޑައެޅުމާއި ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ހެއްދުމާ ބެހޭ އުސޫލު ކަނޑައެޅުމުގެ އިތުރުން ދިވެހި ރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތު ކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި ދިވެހި ރާއްޖޭގައި މަރުވާ މީހުން މަރުވުން ރަޖިސްޓްރީ ކުރުމުގެ އުސޫލުތައް ކަނޑައެޅިގެންދާނެއެވެ.

Advertisement
Ooredoo — Truecaller (box)

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް