އިތުރު 110 މީހުން ރާއްޖެއިން ކޮވިޑް-19އަށް ފައްސިވެއްޖެ

ރާއްޖެއިން މިއަދު އިތުރު 110 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 27 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 76 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 4 މީހުން ފައްސި ވެފައިވެއެވެ. އަދި ކަނޑުއުޅަނދު ފަހަރުން 3 މީހަކު ވެސް މިއަދު މި ބައްޔަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 80،328 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 78،408 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 13 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 225 މީހުން ނިޔާވެފައި ވެއެވެ.