10 ދުވަސް ފަހުން ތިނަދޫ މޮނިޓަރިންއިން ނަގައިފި

ކޮވިޑް19އާ ގުޅިގެން މޮނިޓަރިން ހާލަތުގައި އޮތް ގދ. ތިނަދޫ ހުޅުވައިލައިފިއެވެ.
ތިނަދޫ މޮނިޓަރިންއަށް ލައިފައި ވަނީ މިމަހުގެ 17ވަނަ ދުވަހުއެވެ. ތިންވަނަ ފަހަރަށް ފިނަދޫ މޮނިޓަރިންއަށް ލައިފައި ވަނީ ސްކޫލް ކުއްޖެއްގެ ފަރާތުން ބަލީގެ އަލާމަތްތައް ފެނިގެން ފްލޫ ކްލިނިކުން ނެގި ސުންކެއް ފައްސިވުމާ ގުޅިގެންނެވެ.
ތިނަދޫ އެންމެ ފުރަތަމަ މޮނިޓަރިންއަށް ލައިފައި ވަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ. އަދި އެމަހުގެ 17 ވަނަ ދުވަހު އެ ރަށް ވަނީ މޮނިޓަރިން ހާލަތުން ނެގިފައެވެ. ދެވަނަ ފަހަރަށް އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ތިން މަސް ދުވަހު އެ ހާލަތުގައި ބޭއްވުމަށް ފަހު އާއްމު ހާލަތަށް ގެނެސްފައިވަ ނީ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.
އެ ރަށުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 15 މީހުން އެބަ ތިއްބެވެ. އަދި ރަށުގެ ޖުމްލަ ފައްސި ވޭދަނަތަކުގެ އަދަދު ވަނީ 956އަށް އަރައިފައެވެ.



.jpeg?prefix=media)


ކޮމެންޓް