އޭޝިއާ ދުނިޔެ

އަފްގާނިސްތާނުގެ އެއަރޕޯޓަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އިންޓަރނޭޝަނަލް އެއަރޕޯޓެއް ދިން ނިރުބަވެރި ހަމަލާގެ ޒިންމާ، އައިއެސްއިން ނަގައިފިއެވެ.

Ads by Sosun Fihaara

ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައުމާއެކު ގިނަ ބަޔަކު ގައުމު ދޫކޮށް ދާން މަސައްކަތް ކުރާ މި ދަނޑިވަޅުގައި ނުރައްކާތެރި ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުން ވަނީ ދީފައެވެ.

ހަމަލާދިން ވަގުތު ކާބުލްގެ އެއަރޕޯޓްގައި، އެޤައުމުން ފުރައިގެންދާ ބޭނުންވެގެން އެއަރޕޯޓަށް ޖަމާވެފައި ތިބި އެތައް ހާސް ބަޔަކު ތިއްބެވެ. މިހަމަލާގައި 20 އަށްވުރެ ގިނަ މީހުން މަރުވެ 60އަށް ވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމަށް ތާލިބާނުން ހާމަކުރެއެވެ. ކާބުލްގެ އެއަރޕޯޓަށް ހަމަލާދީފައި ވަނީ ޖާނުން ފިދާވެ ބޮން ގޮއްވައިގެންނެވެ.

މިއީ އޯގަސްޓު މަހުގެ 15ވަނަ ދުވަހު ދެވަނަ ފަހަރަށް އަފްގާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވިފަހުން އެ ޤައުމުގައި އެފަދަ ނުރައްކާތެރި ޙަމަލާތަކެއް ދިން ފުރަތަމަ ފަހަރެވެ.

އެމެރިކާއާއި ނޭޓޯގެ ހުރިހާ ފައުޖެއް އަފްގާނިސްތާނުން ފޭބުމުން އެ ޤައުމުން ބޭރަށް ޢާންމުން ގެންދިޔުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ އޯގަސްޓު 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!