Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިންޑިއާ ފަތުރުވެރިއެއްގެ ގައިން ވ.ތިނަދޫއަށް ކޮވިޑް-19 ފެތުރިއްޖެ

ވ.ތިނަދޫގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދިޔަ އިންޑިއާ ފަތުރުވެރިއެއްގެ ގައިން ވ.ތިނަދޫއަށް ކޮވިޑް-19 ފެތުރިއްޖެއެވެ.

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގައި ކޮވިޑް-19 ފެތުރިފައިވާކަން އެނގިފައި ވަނީ އެރަށުގައި ރޯގާ އާއްމުވުމުން ކޮވިޑް-19 އުޅޭތޯ ދެނެގަތުމަށް ޓެސްޓް ކުރުމުންނެވެ.

ވަކި ތަރުތީބެއް ނެތި ވ.ތިނަދޫއިން ނެގި ސުންކުތަކެއް ކޮވިޑް-19އަށް ފައްސިވުމުން މިހާރު އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

Advertisement
Allied Insurance — Square (box)

ވަކިތަރުތީބެއް ނެތި އެ ރަށުން ނެގި ނެގި 22 ސުންކުގެ ތެރެއިން 10 ސުންކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ވ.ތިނަދޫން ކޮވިޑް-19އަށް އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އިންޑިއާ މީހެކެވެ. އޭނާ ސުންކު ނަގައިފައި ވަނީ ޗުއްޓީ ނިންމައިލުމަށް ފަހު އަނބުރާ ދިޔުމުގެ ކަންކަން ފުރިހަމަ ކުރުމަށެވެ.

ވ،ތިނަދޫއާ އެކު މިވަގުތު 18 ރަށެއް މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް