ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ތިނަދޫން ނިޔާވެއްޖެ

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ގދ. ތިނަދޫން ނިޔާވެއްޖެއެވެ.
ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 90 އަހަރުގެ ފިރިހެނަކު، މިއަދު އިރުއޮއްސި 6:30 ގައި ނިޔާވެފައިވާ ކަމަށެވެ. އެމީހާ ނިޔާވީ ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
މި މަރާއެެކު ތިނަދޫން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ތިނަކަށް އެރީއެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 226 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون




.jpeg?prefix=media)


ކޮމެންޓް