Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް-19 ކޮންޓްރޯލުން ނެއްޓިދާނެތީ، ދެ ހަފްތާއަށް ސްކޫލްތައް ބަންދުކޮށް، އައްޑޫގައި ކާފިއު ހިންގަނީ

ކޮވިޑް-19 ކޮންޓްރޯލުން ނެއްޓިދާނެތީ، ދެ ހަފްތާއަށް ސްކޫލްތައް ބަންދުކޮށް، އައްޑޫގައި ކާފިއު ހިންގަނީ

ކޮވިޑް-19 ހާލަތު ގޯސްވެ، އައްޑޫ ސިޓީގައި ރޭގަނޑު 9އިން ފެށިގެން ފަތިހު 4އަށް ކާފިއު ހިންގުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ، އައްޑޫ އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރުއެވެ.

އައްޑޫގައި ކާފިއު އިއުލާން ކުރަން ނިންމައިފައިވާއިރު، ކޮވިޑް-19ގެ ވޭދަނަތައް ގިނަ އަދަދަކަށް ފެނުމާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތައް މިއަދު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.

Advertisement
Ooredoo — Truecaller (box)

އައްޑޫގައި ކާފިއު ވަގުތުގައި ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކާއި ގާޑިޔާތަކުން ހިދުމަތް ދިނުން މަނާވާނެއެވެ. އެހެން ނަމަވެސް ހާއްސަ ހުއްދަތަކެއް ލިބިގެން ރޭގަނޑު 12 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ކާފިއު ހިންގުމުގެ އިތުރުން އައްޑޫގެ ސްކޫލްތައް ދެ ހަފްތާއަށް ބަންދުކޮށް، ޕާޓީ އަދި ހަފްލާތައް ވެސް ބޭއްވުން ވަނީ މަނާކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް