Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ސައިކަލެއް ވަގަށް ނެގި މީހަކު ހޯދަނީ

ސައިކަލެއް ވަގަށް ނެގި މީހަކު ހޯދަނީ

ސައިކަލެއް ވަގަށް ނަގައިފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ އެ މީހާއަކީ 2021 ޖުލައި 31ވަނަ ދުވަހުގެ ވަގުތެއްގައި ގުލްހަޒާރުގޯޅީގައި ޕާކްކޮށްފައި ހުރި ސައިކަލެއް ވަގަށް ނަގައިފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

އެމީހާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 485623 ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement
HDC — Sidebar (box)

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް