Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހަރުކަށި ފިކުރު ހުއްޓުވުމަށް އިސްލާމް ކިޔަވައިދޭން ބިދޭސީން ގެންނަނީ

ހަރުކަށި ފިކުރު ހުއްޓުވުމަށް އިސްލާމް ކިޔަވައިދޭން ބިދޭސީން ގެންނަނީ

ދަރިވަރުން ހަރުކަށި ފިކުރަށް ދިއުން ހުއްޓުވަން އިސްލާމް މާއްދާ ކިޔަވައި ދޭނެ ޓީޗަރުން ރާއްޖެއިން ބޭރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެއި ހައެއް ކޮމެޓީން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެއި 6 ކޮމިޓީން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ ވަކި އަދަދަކަށް އިސްލާމް ޓީޗަރުން ބޭރުން ގެނެސްގެން ކުދިންނަށް އުނގަންނައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަވާ ކަމަށެވެ.

އަފީފް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސުކޫޫލުތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން ފާހަގަކުރަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތަކާއި އެ ކަންކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޤުރްއާން އަދި އަރަބި ކިޔަވައިދޭން އިންޑިއާއިން ޓީޗަރުން ރާއްޖެ ގެނެސްފައެވެ. މިކަމާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ ޤުރްއާން އަދި އަރަބި ކިޔަވައިދޭން އިންޑިއާއިން ޓީޗަރުން ގެނައީ ދިވެހި ޓީޗަރުން ނެތުމުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް