Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހަރުކަށި ފިކުރާ އެކު ލާދީނީ ފިކުރު ވެސް ނައްތައިލަން ޖެހޭ: ޝަހީމް

ހަރުކަށި ފިކުރާ އެކު ލާދީނީ ފިކުރު ވެސް ނައްތައިލަން ޖެހޭ: ޝަހީމް

ހަރުކަށި ފިކުރާ އެއްވަރަށް ރާއްޖޭގައި ފެތުރެމުންދާ ލާދީނީ ފިކުރަށް ވެސް ސަމާލުކަން ދޭންޖެހޭކަމަށް އިދިކޮޅުގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ބައެއް މީހުން ތުނބުޅި ދިގުކޮށް އިސްލާމް ދީނުގެ އަސާސްތަކާ އެއްގޮތަށް އުޅޭ މީހާއަކީ ވެސް ހަރުކަށި ފިކުރުގެ މީހެއްގެ ގޮތުގައި ބަލާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި މުހާތަބު ކުރާއިރު، މުޖްތަމައުގެ ތެރޭގައި ލާދީނީ ނުވަތަ ސެކިއުލާ ފިކުރަށް ވެސް ޖާގައެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި މީހާ ދައްކާ ވާހަކައަކުން އޭނާއަކީ ލާދީނީ މީހެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެެވެ.

Advertisement
Ooredoo — Truecaller (box)

އިސްލާމީ ދައުލަތެއްގައި ދިރިއުޅޭ ޣައިރު މުސްލިމުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުުޅޭ ނިޒާމު އޮންނާނެ ކަމަށާއި ހަރުކަށި ފިކުރާއި ލާދީނީ ފިކުރާއި، އެ ފިކުރުތަކުގެ މެދުގައި ހިނގާ ހަނގުރާމައަކީ ރާއްޖެއަށް އެކަމުން ނުރައްކާތެރިކަންކަން ކުރިމަތިވާނެ ކަމަށް .ޝަހީމު ފާހަގަ ކުރެއްވިއެވެ.

މިކަންކަން ހައްލުކުރުމަށް ރައްޔިތުންނާއި މުއައްސަސާތައް އެކުވެރިވެ އެއްބައިވާންޖެހޭ ކަމަށާއި، އަދި މުއައްސަސާތަކުން އެކީގައި މަސައްކަތްކޮށްގެން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައަޅަންޖެހޭ ކަމަށް ޝަހީމު ފާހަގަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް