ޚަބަރު

ރާއްޖެއިން އާންމުކޮށް ނުފެންނަ ވައްތަރެއްގެ ބޮނޑެއް ފުލުހުންނާ ހަވާލުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން އާންމުކޮށް ނުފެންނަ ވައްތަރެއްގެ ބޮނޑެއް ފެނިގެން، ފުލުހުންނާ ހަވާލު ކޮށްފިއެވެ.

Ads by STELCO

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު މެންދުރު އެ ބޮނޑު ފެނިފައި ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓް (އެމްޕީއެލް) ސަރަހައްދުން ކަމަށެވެ.

ފެނިފައި ވަނީ ދެ ފޫޓްގެ ބޮނޑެއް ކަމަށާއި މިއީ އާންމުކޮށް ރާއްޖެއިން ނުފެންނަ ބާވަތެއް ކަމަށްވާ "ވައިލްޑް އިގުއާނާ" ވައްތަރުގެ ބޮނޑެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އެމްޕީއެލްއިން ބުނީ މާލެ ކޮމާރޝަލް ހާބަރ ތެރެއިން ފެނުނު އެ ބޮޑު އެމްއެންޑީއެފްއާ ހަވާލުކުރި ކަމަށެވެ. އަދި ބައެއް ފަހަރު ގެންނަ ކޮންޓެއިނަރ ތަކުން ދިރޭ އެއްޗެހި ފެންނަ ކަމަށާއި ކޮންޓެއިނަރުތައް ބަންދުކުރަނީ ބޮޑެތި ކާރުހާނާތަކުގައި ކަމަށް ވެސް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.

މިކަހަލަ ކަންތައްތައް މަދުން ދިމާވި ނަމަވެސް، ކަމާ ގުޅުން ހުރި އިދާރާތަކުން މިކަމަށް ހައްލު ގެންނަކަން އެމްޕީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

  1. ތީ ކޮމޯޑޯ ޑްރޭގަން ގެ ބޭބީއެއްް
    ވ. ބާރަށް ދަތްއަޅާނެ އަދި ތީގެ އަނގައިން ފައިބާ ދަވަގަނޑަކީ ވ. ގޯސް އެއްޗެއް