Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އިދިކޮޅުގެ "އައްޑަނަ" ޖަލްސާ ހުކުރު ދުވަހުގެ ރޭ ބާއްވަނީ

އިދިކޮޅުގެ "އައްޑަނަ" ޖަލްސާ ހުކުރު ދުވަހުގެ ރޭ ބާއްވަނީ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން "އައްޑަނަ"ގެ ނަމުގައި އަންނަ ހުކުރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އެ ކޯލިޝަނުން ބުނި ގޮތުގައި "އައްޑަނަ" ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ 03 ސެޕްޓެމްބަރ 2021ވާ ހުކުރު ދުވަހުގެރޭ 08:15 ގައި އަލިމަސްކާނިވަލުގައެވެ.

މި ޖަލްސާގައި ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އިދިކޮޅުގެ ފަރާތުން ވަނީ އެދިފައެވެ.

Advertisement
Allied Insurance — Square (box)

މި ޖަލްސާއާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އިދިކޮޅުގެ ފަރާތުން އަދި ދެއްވައިފައި ނުވި ނަމަވެސް، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އޯޑިއޯ އިއްޔެގެ ވަގުތެއްގައި ލީކުވި މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ގާޒީންގެ އެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ.

އިއްޔެ ލީކްވެފައިވާ އޯޑިއޯތަކުގައި، ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ވާހަކަތަކެއް ވެސް ހިމެނިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް