Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބެލެނިވެރިންނަށް “ގްރީންކާޑު” ދޫކުރަން ފަށައިފި

ބެލެނިވެރިންނަށް “ގްރީންކާޑު” ދޫކުރަން ފަށައިފި

ވެކްސިން ފުރިހަމަ ކޮށްފައިވާ ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓްރީން “ގްރީންކާޑް” ދޫކުރަން ފަށައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިޔާއިން “ދެން”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވެކްސިން ފުރިހަމަ ކޮށްފައިވާ ބެލެނިވެރިންނަށް “ގްރީން ކާޑް” ދޫކުރަން ފަށައިފައިވާކަމަށާއި ކާޑުތައް ދޫކުރާނީ ސުކޫލުތަކުން ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަންކަމަށް ބުނެ ވެކްސިން ފުރިހަމަ ނުކުރާފަރާތްތަކަށް ސުކޫލުތަކަށް ނުވަދެވޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ.

Advertisement
Ooredoo — Truecaller (box)

ގްރީން ކާޑަކީ ބެލެނިވެރިން ވެކްސިން ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރުމަށް ދޫކުރާ ކާޑެއް ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް ބެލެނިވެރިން ކުދިން ބަލާ އަންނަ އިރު ވެކްސިން ޖަހާފަ ހުރި ކަން ކަށަވަރު ކުރެވޭނެ އެންމެ ރަނގަޅުގޮތެއް ހޯދާފަ އަޅުގަނޑުމެން މިހާރު ސުކޫލުތަކާ އެކީގައި އެ ކާޑު ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ" އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒަ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅުވިއެވެ.

ދަރިވަރުންގެ ކިޔެވުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް ޓަކައި ގިނަ މަސައްކަތްތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް