Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ގޭބިސީތަކުން ކުނި ނެރެންޖެހޭ ގަޑި ރޭގަނޑު 6އިން 7އަށް ބަދަލުކުރަނީ

ގޭބިސީތަކުން ކުނި ނެރެންޖެހޭ ގަޑި ރޭގަނޑު 6އިން 7އަށް ބަދަލުކުރަނީ

ގްރޭޓަރ މާލޭ ސަރަޙައްދުގައި ގޭބިސީތަކުން ކުނި ނެރެން ޖެހޭ ގަޑި ރޭގަނޑު 6އިން 7އަށް ބަދަލުކުރުމަށް ނިންމައިފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވިދާޅުވެއްޖެއެވެ.

ވެމްކޯއިން ވިދާޅުވީ، މާލޭ ސަރަޙައްދުގައި ގޭބިސީތަކުން ކުނި ނެރެން ޖެހޭ ގަޑިއަށް ބަދަލު ގެންނަން ނިންމައިފައި ވަނީ މި ސަރަހައްދުގައި ކޯވިޑްގެ ޙާލަތު ރަނގަޅުވަމުންދާތީ، އެކަމަށް ރިޢާޔަތްކުރުމަށް ފަހު ކަމަށެވެ. ސެޕްޓެމްބަރު 15އިން ފެށިގެން ގެނެވޭ ބަދަލާ އެކު ވެސް ވެމްކޯއިން ޚިދުމަތްތައް ފޯރުކޮށްދޭނީ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާއިން ކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި މިގަޑިތަކުގައި އިމާރާތުގެ އެތެރެއިން ފަސޭހައިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ވެމްކޯއިން ވިދާޅުވީ ވެމްކޯގެ މުވައްޒަފުން ކުނިނެގުމަށް ހަރަކާތް ތެރިވަމުންދާނީ ރޭގަނޑު 8އާއި 11އާ ދެމެދު ކަމަށެވެ. އަދި ވެމްކޯގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނުނަގާނެ ކަމަށާއި ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ އެ ކުންފުނީގައި ރަޖިސްޓަރ ކުރެވިފައިވާ ގޭބިސީތަކަށް އެކަނިކަމަށް ވެސް ވެމްކޯއިން ވިދާޅުވެއެވެ.

Advertisement
Allied Insurance — Square (box)

ވެމްކޯއިން ވަނީ މާލޭ ސިޓީ ކައުންސިލުން މަގުމަތީ ކުނި ބެހެއްޓުން މަނާކުރުމާއި ގުޅިގެން އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި މި ހާލަތުގައި ވެސް ރައްކާތެރިގޮތުގައި ކުނި ބަންދުކުރުމަށާއި، އެނގިފައިވާ ވަގުތުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެމްކޯއިން ވަނީ އެދިފައެވެ. ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓަރ ނުކުރާ ގޭބިސީތަކުން ވީހާ ވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ވެމްކޯއިން އިލްތިމާސް ކުރައްވައިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް