އަދަދުތައް ތިރިއެއް ނުވޭ، މިއަދު ފައްސިވީ 152 މީހުން

ރާއްޖެއިން މިއަދު އިތުރު 152 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 26 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 74 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސިވެފައި ވަނީ 48 މީހުންނެވެ، އަދި ކަނޑުއުޅަނދު ފަހަރުން 4 މީހަކު މި ބައްޔަށް ފައްސިވެފައިވާ ކަމަށް ވެސް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 81،112 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 79،143 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 22 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 226 މީހުން ނިޔާވެފައި ވެއެވެ.