ޚަބަރު

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން އިއުލާނު ކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

Ads by MWSC

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އެންމެ ފުރަތަމަ އިއުލާންކޮށްފައި ވަނީ، ސިއްހީ މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ނެރުނު ބަޔާނުގައި ހެލްތު މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޯވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ. ކޮވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވައިފައިވާ ކަމަށާއި މިހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު އޮކްޓޯބަރު އެކެއްގެ ނިޔަލަށް ދިގު ދަންމައިލާން ނިންމައިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 81،112 މީހަކު ފައްސިވެފައިވާއިރު، މި ބަލީގައި 226 މީހަކު ވަނީ ނިޔާވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!