Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޕްރިންސިޕަލް ބަދަލު ކުރީ އެއްވެސް ސަބަބެއް ނާންގައި: މާފަރު ސުކޫލު

ޕްރިންސިޕަލް ބަދަލު ކުރީ އެއްވެސް ސަބަބެއް ނާންގައި: މާފަރު ސުކޫލު
ނ. މާފަރު ސުކޫލްގެ ޕްރިންސިޕަލް ނާހިދާ އިބްރާހިމްފުޅު ކުއްލިގޮތަކަށް އެހެން ސުކޫލަކަށް ބަދަލުކޮށްފައި ވަނީ ޕްރިންސިޕަލް ބަދަލު ކުރާ ވަކި ސަބަބެއް ސުކޫލަށް ނާންގާކަމަށް އެސުކޫލުން ބުނެފިއެވެ. މާފަރު ސުކޫލު ހިންގެވުން ވަގުތީގޮތުން ހަވާލުކޮށްފައިވާ އެސުކޫލުގެ ލީޑިން ޓީޗަރ އަބްދުއްސައްތާރު އަލީ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕްރިންސިޕަލް ބަދަލުކޮށްފައި ވަނީ ސުކޫލުގެ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި އަދި ބަދަލު ކުރި ވަކި ސަބަބެއް ވެސް އެ ސުކޫލަށް ނާންގާކަމަށެވެ. "ކުއްލިއަކަށް ބަދަލުވީ. އަޅުގަނޑަށް ދެން އެނގިފަ އޮތީ ޕްރިންސިޕަލް މާލެ ދުރުވާން އުޅޭކަން އެކަމަކު އެއްކޮށް ބަދަލުވަނީ ކަން އެނގިފައެއް ނެތް. މިއަދު ދުރުވާކަން އެނގުނީ. ޕްރިންސިޕަލް އެއްކޮށް ބަދަލުވީކަން މިއެނގުނީ މިއަދު އެޑިޔުކޭޝަނުން އެކަން ހާމަކޮށް ޗިޓު ފޮނުވުމުން" ސައްތާރު ވިދާޅުވިއެވެ. ސައްތާރު ވިދާޅުވީ މާފަރު ސުކޫލަށް ޕްރިންސިޕަލެއް ލިބެން ދެން އެ ސުކޫލު ހިންގެވުން ވަގުތީގޮތުން ހަވާލުކޮށްފައި ވަނީ އޭނާއާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނާހިދާ އެ ރަށުން ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ފުރާ ވަޑައިގަތީ ޓީޗަރުންނަށް ވެސް އެންގުމެއް ނެތި ކަމަށެވެ.އެނގިފައިވާ ގޮތުގައި އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި ބެލެނިވެރިންގެ ބައްދަލުވުމެއް ވެސް ބާއްވަވައިފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ވެސް އޭނާ ފުރާ ވަޑައިގަންނަވާކަން އަންގަވައިފައެއް ނުވެއެވެ.

ނާހިދާ އެ ސުކޫލްގެ ހިންގުމާ ހަވާލުވެވަޑައިގެންނެވީ މި ފެށުނު ދިރާސީ އައު އަހަރުގައެވެ. މިދިޔަ އަހަރު މާފަރު ސުކޫލާ ހަވާލުވެ ހުންނެވީ އިންޑިއާ ޕްރިންސިޕަލެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް