ކޮވިޑް-19އަށް ފައްސިވީ މީހުން މިއަދު އިއްޔެއަށް ވުރެ ގިނަ

ރާއްޖެއިން މިއަދު އިތުރު 189 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 35 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 119 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސިވެފައި ވަނީ 35 މީހުންނެވެ،
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 81،301 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 79،268 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 24 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 226 މީހުން ނިޔާވެފައި ވެއެވެ.