ޚަބަރު އިޖުތިމާޢީ

އިރުގެ ވަށައިގެން ޗާލު “ހޭލޯ”އެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިރުގެ ވަށައިގެން ވިއްސާރަ ދުނި ކުލަތަކާ އެކު ވަށްބުރަކަށް ފެންނަ “ހޭލޯ”އެއް ފެނިގެން ދިވެހިން އާޝޯހު ވެއްޖެއެވެ.

Ads by Sosun Fihaara

ސޯޝަލް މީޑިޔާގައި މިއަދު މި ފެނުނު ހޭލޯގެ ފޮޓޯތައް ފުރައިލައިފައިވާއިރު މިއީ “ހައި ކްލައުޑް ލޭޔާއެއް” އިނުމުން ފެންނަ އެއްޗެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

“އަޅުގަނޑުމެނަށް ފާހަގަކުރެވިފައި އިނީ ހޭލޯއެއް. މިއީ ހައިކްލައުޑް ލޭޔާރއެއް އިނީމައި ވާގޮތެއް” މެޓް އޮފީހުގެ އޮފިޝަލަކު “ދެން”އަށް ވިދާޅުވިއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ މިއަށް ކިޔަނީ “ހޭލޯ ފިނޯމިނާ”އެވެ.

މިއީ އުޑުގެ އެންމެ މަތީ ފަށަލައިގައި އުފެދޭ ސިރޯސްޓުރާޓަސް ފަދަ ވިލާގައި ހުންނަ ގަނޑުފެނުގެ ކުރިކީލަތަކުގެ ތެރެއިން، އަލި ރިފެރިވެގެން އައުމުގެ ސަބަބުންް ފެންނަ ވަށްބުރެއްކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ގުދުރަތީ މިފަދަ އާދަޔާ ހިލާފު ކަންކަން ދޭތެރެ ދޭތެރެއިން ފެނިގެން ދާއިރު މިފަދަ ކޮންމެ އިވެންޓެއްގެ އެކި ކަހަލަ ފޮޓޯތަކުށް ސޯޝަލް މީޑިޔާ ފުރައިލައެވެ. އެހެން ނަމަވެސް މިއަދު ފެނިފައިވާ މި ހޭލޯ ބެލުމުގައި ރައްކާތެރި ގޮތްތައް އިޚްތިޔާރު ކުރުމަކީ އެދެވިގެންވާ ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!