ސިޔާސީ

އިމްރާންގެ ރައްދެއް ނަޝީދަށް: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމަކީ ހައްލެއް ނޫން!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގައުމުގައި ހަރަކާތްތެރިވާ ހުރިހާ ޓެރަރިސްޓުން ހައްޔަރު ކުރުމުގެ މަގު ސަލާމަތީ ބާރުތަކަށް ތަނަވަސްކޮށްދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލާފައިވާތީ، ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް ނަޝީދު އެ ޕާޓީގެ ޤައުމީ މަޖިލީހަށް ދާދިފަހުން ވަނީ، "ކުއްލި ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދިނުމަށް އެމްޑީޕީ އިގްރާރުވުން" ގެ ނަމުގައި ޤަރާރެއް ހުށަހަޅައި ފާސްކޮށްފައެވެ. އެމްޑީޕީން ދެކޭ ގޮތުގައި  މިއީ ސަރުކާރުން އަމަލު ކުރަންވީ ގޮތެވެ.

މިކަމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގަވަމުން އަންނަ ހޯމް މިނިސްޓަރ ޝެއިޚް އިމްރާންއާ އޮންލައިން ނޫހެއް ކަމަށްވާ ޖަޒީރާ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ކޮންމެ ކަމެއްވެސް ހައްލު ވާނީ އެކަމެއް ހައްލު ކުރަން އޮންނަ މަގަމުން ކަމަށެވެ. އަދި އެނޫން މަގަކުން ގޮސްފި ނަމަ އިތުރަށް ހާލަތު ގޯސްވެދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން ކޮންމެ ކަމަކަށް ވެސް ފިޔަވަޅު އަޅަން ވާނީ އެކަމުގެ ނަތީޖާއަށް ބަލައިފައި. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ދެން ނިކުންނާނެ ނަތީޖާއަށް ބަލައިފަ، ދުނިޔޭގެ އެހެން ޤައުމުތަކުން އަޅުގަނޑުމެންނާ ދޭތެރޭގައި ދެކޭނެ ގޮތް ބަލާފައި." އިމްރާން ވިދާޅުވީ، މީގެ ކުރިން ވެސް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ކަމަށާއި އެފަހަރު ކަން ހިނގައި ދިޔަގޮތް ރައްޔިތުންނަށް ސާފު ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވި ރާއްޖޭގައި ނިރުބަވެރި ހަމަލާދެވޭނެވަރުގެ 1360 މީހުން، ނުކުރަނީ ކީއްވެތޯ ސުވާލު ކުރުމުން، އިމްރާން ވިދާޅުވީ، މީހެއް ހައްޔަރު ކުރުމުގެ ކުރިން އެތައް ކަމެއް ބަލަން ޖެހޭ ކަމަށާއި ޑިމޮކްރަޓިކް ވެއްޓެއްގައި އުޅޭއިރު، މީހަކު ބަންދު ކުރެވޭނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.

"މިއަދުގެ މި ޑިމޮކްރަޓިކް ވެށީގެ ތެރޭގައި އަޅުގަނޑުމެންނަށް އެބަހުރި ރައްޔިތަކު ބަންދުކޮށްގެން ގެންގުޅުމަށް ޓަކައި ވަކި ހަމަތަކެއް ވަކި ޤާނޫނުތަކެއް ވަކި އުސޫލުތަކެއް ކަނޑައެޅިފައި. އެ އުސޫލުތަކުގެ ބޭރުން މީހަކު ބަންދު ކުރުމަކީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑުމެންގެ ޤާނޫނީ އޮނިގަނޑު، އަޅުގަނޑުމެން ގެންގުޅޭ އުސޫލުތައް، ގެންގުޅޭ ހަމަތަކުން އެބަ އަންނަން ޖެހޭ އިންސާނީ ހައްޤާއި ކަރާމާތަށް ރިޢާޔަތްކޮށްގެން މީހަކު ބަންދު ކުރާ ނަމަ ބަންދު ކުރުން. ހަމަތަކާއި އުސޫލުތަކާއި އަދި އިންޓަރނޭޝަނަލް ކޮމިޓްމެންޓްތަކަށް ޖާވާބުދާރީ ވެވޭ ގޮތަށް އެކަންތައް ބައްޓަން ކުރަން" އަދި ވިދާޅުވީ ނިރުބަވެރިން ހައްޔަރުކުރަން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ގެންނަމުންދާ ކަމަށެވެ. "އަޅުގަނޑުމެންގެ ދިރާސާތަކަށް، އިންޓެލިޖެންސަށް ފެންނަ ފެނުމުން މިކަން ހާމަވާއިރުގައި އެއަށް އަމަލު ކުރުމަށް ޓަކައި ފިޔަވަޅު އެޅުމަ ށްޓަކައި ހުރިހާ ނިޒާމީ ބަދަލުތައް އިރާދަ ކުރެއްވިއްޔާ ގެންނާނަން. އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބޭ" އިމްރާން ވިދާޅުވިއެވެ.

ޖަލުތަކުން ހަރުކަށި ފިކުރު ފެތުރޭ މައްސަލައާ ގުޅޭ ގޮތުން އިމްރާން ވިދާޅުވީ، މިކަން ހިނގަނީ، "ޖަލުގެ ގައިދީން ސެގްރެގޭޓްކޮށް، އެމީހެއްގެ ކުށާއި އެމީހެއްގެ އުމުރާއި އަދި އެމީހެއްގެ ކިބައިގައި ހުރި ސިފަތަކަށް ބަލާ އެންމެ ރަނގަޅު ގޮތަކަށް ބައިބައި ކުރެވިފައެއް ނެތުމުން ކަމަށެވެ. އަދި މިސަރުކާރުން އެކަން ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމަށާއި ވަކި ޔުނިޓެއްގެ ގޮތުގައި ހަރުކަށި ފިކުރުގެ މީހުން ބައިތިއްބައި ރިހެބްލިޓޭޓްކޮށް މަސައްކަތްތަކެއް ވަނީ ފަށައިފައިވާ ކަމަށެވެ.

"މިސަރުކާރު އައުމަށް ފަހުގައި އެންމެ ފުރަތަމަ ސަތޭކަ ދުވަސްތެރޭ ކުރިއެއްކަން އެއީ ޖަލު އޮޑިޓްކޮށް، ޖަލު ރިފޯމް ކުރުމަށް ބޭނުން ވާނެ ފުރިހަމަ ރިޕޯޓެއް އަޅުގަނޑުމެންގެ އަތްމައްޗަށް އެރުވުން. އެ ގޮތުން މި އޮޑިޓްގައި 182 ރެކޮމެންޑޭޝަން އެބައޮތް ދެއްވައިފައި." އިމްރާން ވިދާޅުވީ، ހަރުކަށި ފިކުރު ޓެކަލް ކުރުމަކީ ޖަލުތަކުގައި އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އިމްރާން ވިދާޅުވީ، ކުރީގައި ހަރުކަށި ފިކުރުގެވާހަކަ ފޮރުވައިގެން ނުހިނގާ ކަމެއްގެ ގޮތުގައި ދެއްކި ނަމަވެސް މި ސަރުކާރުން މިވާހަކަ ފާޅުގައި ރައްޔިތުންގެ ތެރޭގައި ދައްކާ ކަމަށެވެ. އަދި މިކަމުން އަރައިގަނެވޭނީ މިވާހަކަ ދައްކައިގެން ކަމަށާއި ރައްޔިތުންގެ ޚިޔާލާއެކުގައި ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

Ads by HDC
  1. ގަންޖާ

    ކުއްލިނުރައްކާއިއުލާނުކޮއްގެއެންމެފުރަތަމަހައްޔަރުކުރންޖެހޭތީތިބޭފުޅާ މިރާއްޖެހަލާލުކުރީކަލޭ ކަލޭގެވެރިކަމުގައެއްޖިންސުގުޅުންހިގުވުމަބާރުއަޅާމުޒާހަރާކުރީރާބޮވޭނޭބުންޖެހޭ ހަމަޔަކުތިބެންނުޖެހޭނޭ ވަހީއާއިހަދީސްފިއަވައިއެހެންއެއްޗެބޭނުމޭބުނީފަޅިއަޅަންބޭނުމޭބުނީ ކަލޭ ކަލޭގެދުލުން އިސްލާމްދީނުގެމަތިވެރިކަމުގެވާހަކައެއްދެއްކިއަޑުނައަހަން ކަލޭރަންގަޅުވާނީސަދޫމުގެބޮޑުވަޒީރަކަ