Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގުރޭޑް 1ގެ ގުރުއާން ފޮތުގައި ސޫރަތެއް ނުބައިކޮށް އޮތް މައްސަލައެއް!

ގުރޭޑް 1ގެ ގުރުއާން ފޮތުގައި ސޫރަތެއް ނުބައިކޮށް އޮތް މައްސަލައެއް!

ގުރޭޑް 1ގެ ގުރުއާން ބޮޑުފޮތުގައި ސޫރަތުން ނަބާގެ ބައެއް އާޔަތްތަކާއި ސޫރަތުން ނާޒިޢަތުގެ ބައެއް އާޔަތްއަށް އެކުވެ އޮޅިފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިިބިފައިވާ ގޮތުގައި ގުރޭޑު އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގެ 64ވަނަ ސަފްހާގައި އޮތް ސޫރަތުލް ނަބާގެ 24ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެން ވަނީ ނުބައިކޮށް ލިޔެވިފައެވެ. އަދި އެ ހިސާބުން ފަށައިގެން ނަބާ ސޫރަތުގެ 31ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން 14ވަނަ އާޔަތާ ހަމައަށެވެ.

މި މައްސަލަ އިލްމުވެރިން ދަނީ ޝޯޝަލް މީޑިޔާގައި ފާހަގަ ކުރައްވަމުންނެވެ. އަދި މިއީ ވީ އެންމެ އަވަހަކަށް ރަނގަޅު ކުރަން ޖެހޭ މައްސަލައެއް ކަމަށް ދީނީ އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/alizaid1000/status/1434070677783396357

މިގޮތުން ޝެއިން އަލީ ޒައިދު ވެސް ވަނީ މި މައްސަލަ ފާހަގަ ކުރައްވާ މިކަމަށް ސަމާލުވުމަށް ގޮވާލައްވައިފައެވެ. އަދި މިކަން ވީ އެންމެ އަވަހަކަށް ރަނގަޅުކޮށް ދެއްވުމަށް ވެސް ވަނީ އެދިވަޑައިގަންނަވައިފައެވެ.

މީގެ އިތުރުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގްރޭޑް 01ގެ ޤުރުއާން ފޮތުގައި އައްނަބައު ސޫރަތާއި އައްނާޒިޢާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތްކަން ދަނެގަތީ ޣިޔާސުއްދީން ސުކޫލްގެ ދަރިވަރު އަބްރަމް އަޒްހާން ފަހުމީ ކަމަށެވެ.

"ގްރޭޑް 01ގެ ޤުރުއާން ފޮތުގައި އައްނަބައު ސޫރަތާއި އައްނާޒިޢާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތްކަން ދަނެގަތީ ޣިޔާސުއްދީން ސުކޫލްގެ ދަރިވަރު އަބްރަމް އަޒްހާން ފަހުމީ،މިކަމުން ރަމްޒުކޮށްދެނީ އެ ދަރިވަރު ޤުރުއާނަށް ހޭލުންތެރިވެފައިވާ މިންވަރު." ޑރ. ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

https://twitter.com/Mohamedshaheem1/status/1434070968931008512

ޑރ. ޝަހީމް ވަނީ އެކުއްޖާއާއި އެކުއްޖާގެ މައިންބަފައިންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް