އަލީ ޒާހިރު ޔާމީންގެ ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީން ކަން އެބައޮތް: އަލީ ޒައިދު

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވިކަމަށް ކްރިމިނަލް ކޯޓުގެ ކުރީ ފަނޑިޔާރަކު ވިދާޅުވުމުން، ދީނީ އިލްމުވެރިޔާ ޝެއިން އަލީ ޒައިދު ކަންބޮޑުވެވަޑައިގެން އޭނާގެ ދިފާއުގައި ނުކުންނަވައިފިއެވެ.
އަލީ ޒާހިރުގެ ދިފާއުގައި ދީނީ ޝައިހް އަލީ ޒައިދު ނުކުމެވަޑައިގަންނަވާފައި ވާއިރު ޑރ. އިޔާޒް ވެސް ވަނީ އަލީ ޒާހިރުގެ ދިފާއުގައި ވާހަކަ ދައްކަވައިފައެވެ. މިގޮތުން ޝެއިހް އަލީ ޒައިދު ވިދާޅުވީ އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ނުގުޅާނެކަން ކަށަވަރު ވާކަމަށެވެ.
"ރައީސް އޮފީހުގެ ސީއެސް އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ނުގުޅާނެކަން އަޅުގަނޑަށް 100 ޕަސަންޓް ކަށަވަރު އެބޭފުޅާ މިވެނި މީހަކަށް ގުޅިއްޔޭ މިވެނި ހުކުމެއް ކޮށްދޭން އެދުނޭ ކިޔައިގެން ޕީޕީއެމްއަށް ނިސްބަތްވާ ބަޔަކު އެ ދައްކަނީ އުފައްދައިގެން ދައްކާ ބުހުތާން ދޮގު ވާހަކަތަކެއް" ޝެއިހް އަލީ ޒައިދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/alizaid1000/status/1434155512489078784
އަލީ ޒައިދުގެ މި ޓްވީޓަށް ރިޕްލައި ކުރައްވައި ޑރ އިޔާޒް ވިދާޅުވީ އަލީ ޒާހިރަކީ "ޙުކުމް ގަންނަން ދުވާ ވަރަށް ވުރެ އަބުރުވެރި އިންސާފަށް ލޯބިކުރައްވާ ބޭފުޅެއް" ކަމަށެވެ
ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށާއި މިގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބް ނަޖީބް ވަނީ ވިދާޅުވެފައެވެ. ޔާމީންގެ ޝަރީއަތް އެންމެ ފުރަތަމަ ބެއްލެވީ ގާޒީ އަލްއުސްތާޒު އަހުމަދު ހައިލަމް ކަމަށާއި އަލީ ޒާހިރު ހައިލަމް ފޯނަށް ގުޅައިގެން ވާހަކަ ދެއްކެވިއިރު ސްޕީކަރަށް ލައިގެން ވާހަކަ ދެއްކި ކަމަށް ފަނޑިޔާރު ނަޖީބު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސްޕްރީމްކޯޓުން ހައިލަމަށް ޖާގަ ކަށަވަރުވެފައިވާ ކަމަށް އަލީ ޒާހިރު ހައިލަމް ކައިރީ ބުނެފައިވާކަމަށް ފަނޑިޔާރު ނަޖީބު ވިދާޅުވިއެވެ.





.webp)

ކޮމެންޓް