ގެއްލިގެން ރިޕޯޓްކޮށްފައިވާ މާސްޓަރ ޑެބިޓް ކާޑަކުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ދެމީހަކު ހޯދަނީ

ގެއްލިގެން ރިޕޯޓްކޮށްފައިވާ މާސްޓަރ ޑެބިޓް ކާޑަކުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
މިދެމީހުން ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކާ އެކު ފުލުހުން ވިދާޅުވީ އެ ދެ މީހުންނަކީ 2021 އޭޕްރީލް 1ވަނަ ދުވަހުގެ ވަގުތެއްގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މާސްޓަރ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.
https://twitter.com/policemv/status/1434393959212544003?s=21
މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 483699 ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.





.webp)
ކޮމެންޓް