Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެމްޑީޕީން ނޫން އެހެން އެއްވެސް ޕާޓީގެ މެމްބަރަކަށް އިތުބާރެއް ނުކުރަން: ނަޝީދު

އެމްޑީޕީން ނޫން އެހެން އެއްވެސް ޕާޓީގެ މެމްބަރަކަށް އިތުބާރެއް ނުކުރަން: ނަޝީދު

އެމްޑީޕީން ނޫން އެހެން އެއްވެސް ޕާޓީގެ މެމްބަރަކަށް އިތުބާރު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެއްވެސް މެންބަރަކު ފަނޑިޔާރަކާ ގުޅުއްވައި ނޫޅުއްވާނެ ކަމަށެވެ. އަދި އަބަދުވެސް ތާއީދު ކުރައްވަނީ އެމްޑީޕީގެ މެންބަރުންނަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެމްޑީޕީގެ އެއްވެސް މެންބަރަކު ފަނޑިޔާރަކާ ގުޅުއްވާ ނޫޅުއްވާނެ. ދެން އެހެން ޕާޓީތަކުގެ މެންބަރުންނަކީ ފަނޑިޔާރުންނާ ގުޅުއްވައިގެން އެކި ބާވަތް ބާވަތުގެ ވާޙަކަ ދައްކާ. އެއީ އެ ބޭފުޅުންނަށް ޤަބޫލު ކުރެވޭ ނިޒާމެއް ކަމަށް ވެދާނެ. އެއަކީއެއް އަޅުގަނޑު ކުޑަކޮށް ވެސް ޤަބޫލު ކުރާ ނިޒާމެއް ނޫން. އަޅުގަނޑު އަބަދުވެސް ތާއީދު ކުރާނީ އެމްޑީޕީގެ މެންބަރުންނަށް"

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތާއީދު ހޯދުމަށް ޕާޓީގެ އެއްވެސް ލީޑަރަކު އުޅުއްވާ ތަން ނުފެންނަ ކަމަށާއި އެއީ އެމަނިކުފާނު ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ނަޝީދު ވަނީ ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް