Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާލެ އައުމަށް ހުރަހެއް ނާޅުއްވާ، އެކީގައި ސައިތައްޓެއް ބޯލަން ރައީސް ޞާލިޙް ވެސް ބޭނުންވާނެ: ރައީސް ނަޝީދު

މާލެ އައުމަށް ހުރަހެއް ނާޅުއްވާ، އެކީގައި ސައިތައްޓެއް ބޯލަން ރައީސް ޞާލިޙް ވެސް ބޭނުންވާނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުރަސް ނާޅުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި، ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް މެއި ހައެއްގައި ދިން ހަމަލައިގައި ސަރުކާރުގެ އެއްވެސް ވަރެއްގެ ހިއްސާއެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި މިހަމަލާގެ ކަންކަން އިންސާފުވެރިކަމާއިއެކު ބެއްލެވުމަށް ރައީސް ޞާލިހާއި ސަރުކާރުގެ މުއައްސަސާތަކުން ވަރަށް ފާރަވެރިކަމާ އެކު މަސައްކަތް ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާނީ “މާލޭގައި ހުންނަވައި އެކުގައި ސައިފޮދު ހިއްޕަވައި ހީ ސަމާސާ ކުރައްވަން” ކަމަށެވެ. އަދި ރާއްޖެ ނުދެވޭތީ އެކަމާ ހިތާމަކުރާ ކަމަށާއި، އަބަދުވެސް ބޭނުން ވަނީ ރާއްޖޭގައި ހުންނަވަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

“އަޅުގަނޑު ވަރަށް ދެރަވޭ ރާއްޖެ ނުދެވޭތީ، އަބަދުވެސް ބޭނުން ވަނީ ރާއްޖޭގައި ހުންނަން. ވަރަށް އަވަހަށް ދާނަން. އަޅުގަނޑު ރާއްޖެ އައުމަށް، ރައީސް ޞާލިހު އެއްވެސް ހުރަހެއް ނާޅުއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް. އަޅުގަނޑަށް ދިން ހަމަލާގައި ކަންކަން އިންސާފުވެރިކަމާ އެކު ބެއްލެވުމަށް ރައީސް ޞާލިހާއި ސަރުކާރުގެ މުއައްސަސާތަކުން ވަރަށް ފާރަވެރިކަމާ އެކު މަސައްކަތް ކުރެއްވި. އެކަމާ އަޅުގަނޑު ފަޚުރުވެރިވަން” ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޭނުންފުޅު ވަނީ ރާއްޖޭގައި ހުންނަން ކަމަށާއި، ވީހާ ވެސް އަވަހަށް އެނބުރި ވަޑައިގަންނަވަން ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު އުންމީދު ކުރީ މިމަސް ނިމޭއިރު ރާއްޖެ ދިއުންކަމަށެވެ. އަދި ރާއްޖެއަށް އެނބުރި ވަޑައިގަތުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލަން ޖެހޭކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް