Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަލީ ޒާހިރުގެ ދިފާއުގައި އަދާލަތުން ނިކުމެއްޖެ: ނުފޫޒު ފޯރުވަނީ ވައްކަން ފޮރުވަން

އަލީ ޒާހިރުގެ ދިފާއުގައި އަދާލަތުން ނިކުމެއްޖެ: ނުފޫޒު ފޯރުވަނީ ވައްކަން ފޮރުވަން

ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ ތަފާތު ވާހަކަތައް ދައްކަމުންދަނީ، ކުރީގެ ސަރުކާރު ކޮށްފައިވާ ވައްކަންތައް ފޮރުވުމުގެ ބޭނުމުގައިކަމަށް އަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ.

ކުރީގެ ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންތަކެއް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ، އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވައި މައްސަލަތަކަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް އިއްޔެ ވަނީ ތުހުމަތުކުރައްވާފައެވެ. މި ތުހުމަތުތަކާ ގުޅިގެން އަދާލަތު ޕާޓީން ވިދާޅުވީ، މި ވާހަކަތަ ފެންމަތި ކުރުވީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ ކުރީގެ ސަރުކާރުން ހިންގައިފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިކަންކޮށްފައި ވަނީ ޝަރުއީ ދާއިރާގެ އަގު ވައްޓައިލުމާއި އަދުލު އިންސާފަށް ހުރަސް އެޅުމަށް ބޭނުމުގައި ކަމަށް ވެސް އަދާލަތުގެ ބަޔާނުގައިވެއެވެ.

އަދާލަތުގެ ބަޔާނުގައި ވިދާޅުވީ، ސިޔާސީ މަޤްސަދުތައް ހާސިލު ކުރުމަށް ހާމަކަން ބޮޑު ގޮތެއްގައި ޝަރުއީ ދާއިރާއާއި ހުރިހާ މުއައްސަސާތަކެއްގެ ގަދަރު ގެއްލުވައިލާން މިއަދު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަމުން އަންނަން އޮތް ޖީލުތަކަށް އަސަރު ކުރާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

Advertisement
Allied Insurance — Square (box)

"ސިޔާސީ ވާދަވެރިކަމުގައި ހިންގާ މިފަދަ އަމަލުތަކަކީ އިންސާފުވެރި މުޖުތަމައުއެއް ބިނާކޮށް ހެޔޮވެރިކަމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް" އެ ބަޔާނުގައި ވިދާޅުވިއެވެ.

އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތު މީގެ ކުރިން ލީކްވި ފަނޑިޔާރުންގެ އޯޑިތޯތަކުގައި ވެސް ވަނީ ކޮށްފައެެވެ. އޭގެ ފަހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވެސް ވަނީ އެ ތުހުމަތު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް