ފޮތްތަކުގައި ޤުރްއާންގެ އާޔަތްތައް ނުބައިކޮށް ޗާޕުކުރި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
ގްރޭޑް 1އާއި ބައެއް އެހެން ގްރޭޑްތަކުގެ އިސްލާމް އަދި ޤުރްއާން ފޮތްތަކުގައި ހުރި އާޔަތްތަކުގައި ކުށް ޖެހުނީ ކިހިނެއްކަން ބަލައި، އެކަމާ މެދު ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރ ވިދާޅުވީ، ފޮތްތަކުގައި ކުށްޖެހިފައިވާ ގޮތް ބެލުމަށް ކޮމިޓީއެއް އެކުލަވައިލައިފައިވާ ކަމަށާއި މިކަމުގައި އިހުމާލުވީ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށެވެ.
"ޤުރްއާންގެ އާޔަތެއްގައި ކުށެއް ޖެހިފައިވުމަކީ ވަރަށް ދެރަ ކަމެއް. އަޅުގަނޑުމެން ވެސް ޤަބޫލު ކުރަން އެއީ ވެގެން ވާނެ ކަމެއް ވެސް ނޫންކަން. ނަމަވެސް މިކަން މިއޮތީ ވެފައި. އެހެން ނަމަވެސް މިކަން ހިނގައި ދިޔަ ގޮތް ބެލުމަށް މިހާރު ވާނީ ކޮމިޓީއެއް އެކުލަވައިލައިފައި އަދި މިކަމުގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ވަނީ ނިންމައިފައި" އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
ޑރ. އައިޝަތު އަލީ އިތުރަށް ވިދާޅުވީ މިފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް މިހާރު ގިނަ ފިޔަވަޅުތަކެއް ވެސް އަޅައިފައިވާ ކަމަށާއި އެގޮތުން މިހާރަށް ވުރެ ބޮޑަށް ކުށްތައް ހުރިތޯ ބަލައި، އިސްލާހު ކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދިޔުމަށް ނިންމައިފައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިހާރު ކުށް ޖެހިފައިވާ ފޮތްތަކަކީ 2015ވަނަ އަހަރު ޗާޕު ކުރި ފޮތްތަކެއް ކަމަށާއި އެހެން ނަމަވެސް ކުރިން އެ ކުށްތައް ފާހަގަ ނުވެ، މިހާރު ފާހަގަވީ ކަމަށެވެ. ނަމަވެސް ކުށްތައް ހުރި ބައެއް ފޮތްތަކުގެ ފުރަތަމަ ޗާޕު ނެރެފައި ވަނީ 2019ވަނަ އަހަރުއެވެ. އެފަދަ ބައެއް ފޮތްތަކުގެ ދެވަނަ ޗާޕު ނެރުނީ މިއަހަރުއެވެ.
2015 ގައި ނެރުނު ފޮތް ތަކުން މިއަދު ތިކުށް ފާހަގަވީ ކީއްވެ..؟އޭރުން ފެށިގެން ތިފޮތްތަކުން ކިޔަވައި ނުދެނީބާ؟
ގިނަ ދިޥެހިންގެ ގޮތަކީ ކަމެއްވާއިރަށް އެއީ ނުރަނގަޅު ކަމަކަށް ވެއްޖެނަމަ އެކަމެއް އެހެން މީހެއްގެ ބޮލަށް ބިންދާލުން،
2015 ވަނަ އަހަރު ލިޔުނު ފޮތް ތައް ހުރީ ނުބައިކޮށްކަން ނޭގުނީ އެން އައި ސީ ގެ ވެރިންނާއި އެޑިޔުކޭޝަން މިނިސްޓަރ ޒިންމޡވޡން ޖެހޭކަމެއް މިސަރުކާރު އައިފަހު މިހާރު އެފޮތްތައް 3 ފަހަރު ޗާޕް ކުރިއިރު ފޮތްތަކުގެ ޙާލަތު ނުއެގި އޮތުމަކީ މުނިސްޓްރީގެ އިސްވެރިން އޮފީހަށްވަދި ސައިން އިންވެ މުސާރަ ނެގުން ފިޔަވާ އިތުރު ކަމެއްނުކުރާކަމުގެ ހެކި ވީމާ ބަލޭނޭކަ އިތުރު މައްސަލައެއްނެތް އިހުމާލުވި މުވައްޒަފުން ނަށް އެކަށީގެންވާ ފިޔަވަޅު އެޅުއްވުމަށްފަހު އައިޝާވެސް އިސްތިޢުފާ ދެއްވާ