ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ފިރިހެނެކެވެ.
އެމީހާއަކީ ހާލު ދެރަވެގެން ރ. ދުވާފަރުން ގެނައި މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 227 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون