ޚަބަރު

ކުރީގެ އިސްލާމިކް މިނިސްޓަރުގެ ކޮރަޕްޝަނުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

Ads by STELCO

ޑރ. ޒިޔާދުގެ މައްޗަށް ތުހުމަތު ކުރެވެނީ ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަން މަގު ފަހިވާގޮތަށް ކަންތައް ކޮށްފައިވާ މައްސަލައިގައެވެ. މިމައްސަލައިގެ އަޑު އެހުން އޮންނާނީ މެންދުރުފަހު 14:00ގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަގްފު އިމާރާތެއްގެ ގޮތުގައި ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނަށް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައް ތަކެއް ހިނގައިފައިވާކަމަށް ޑރ. ޒިޔާދު ގެމައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އޭނާގެ މައްޗަށް ސާބިތު ވެއްޖެ ނަމަ 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޑރ. ޒިޔާދުގެ މައްޗަށް އުފުލައިފައިވާ ދައުވާގައި ބުނެފައިވާ ގޮތުގައި އިސްލާމިކް މިނިސްޓަރުގެ މަގާމުގައި އޭނާ ހުންނެވިއިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ޕްރޮޕޯސަލެއް ހުށަހެޅުމުން ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމު ކޮށްފައި ވާތީއާއި، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި ގޮތުގައި 30 މިލިއަން ރުފިޔާ ދައްކައިފައި ވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަނަށް އޭނާ ވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!