Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޓެކްސީއެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ޓެކްސީއެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ޓެކްސީއަކަށް އެރި 16 އަހަރުގެ އަންހެން ކުއްޖަކަށް އެ ޓެކްސީގެ ޑްރައިވަރު ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެމައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޓެކްސީއެއްގެ ތެރޭ ޑްރައިވަރަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި، އެމައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މައްސަލަ ފުލުހުން އިތުރަށް ތަހްގީގު ކުރަމުން ދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް