ޚަބަރު

ފުނަދުއަށް ރައީސް ޞާލިޙް ވަޑައިގަތް ވަގުތު، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލާ މުޒާހަރާ ކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ށ.ފުނަދޫއަށް ވަޑައިގެންނެވި ވަގުތު އިދިކޮޅު ފަރާތްތަކުން އެރަށުގައި މުޒާހަރާކޮށްފިއެވެ.

Ads by Sosun Fihaara

މިހާރު ށ އަދި ރ އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސް ޞާލިޙް ފުނަދުއަށް ވަޑައިގަތް ވަގުތު، އެރަށުގައި ޕީޕީއެމްއަށް އަދި ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ތިބީ ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެންނެވެ. އަދި އެރަށަށް ރައީސް ޞާލިޙް އެރުމުން، ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާ ހުއްޓައިލުމަށާއި ޔާމީން މިނިވަން ކުރުމަށްވަނީ ގޮވައިލާފައެވެ.

ފުނަދޫގައި ޕީޕީއެމްއަށް ބޮޑު ތާއީދެއް އޮވެއެވެ. އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގައި އެ ރަށުން  މެޖޯރިޓީ ނަގައިފައި ވަނީ ވެސް ޕީޕިއެމްއިންނެވެ. އެރަށުގައި ސަޕޯޓަރުން ނިކުމެ، މުޒާހަރާ ކުރިނަމަވެސް، ރައީސް ޞާލިޙް ރަށަށް ވަޑައިގަތް ވަގުތު އެމީހުން ވަނީ ރައީސް އާ ކައިރި ނުވެވޭނެހެން ދުރަށް ޖައްސައިފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލާ، ފުނަދޫގައި މުޒާހަރާކޮށްފައިވާއިރު، ރައީސް ޔާމީންގެ ޝަރީއަތް މިނިކަން ނޫން ކަމަށް ބުނެ، އިދިކޮޅުން ރައީސް ޔާމީން މިނިވަން ކުރުމަށް ސަރުކާރަށް ދަނީ ޕްރެޝަރ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މާއުނގޫދޫ، ރ. ވާދޫ، ރ. އަލިފުށި، ރ. ރަސްގެތީމު އަދި ރ. އޮނގޮޅިތީމެވެ. މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެ ދެކަނބަލުން އެރަށްރަށުގައި ބައެއް މަޝްރޫޢުތައް ހިނގަމުންދާ ގޮތް ބައްލަވައިލައްވައި، ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވައިލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!