މާބަނޑު މީހުންނަށް ކޮވިޑް ވެކްސިން ދިނުމުގައި އަމަލު ކުރާނެ ގޮތް ކަނޑައަޅައިފި
ކޮވިޑް-19އިން ދިފާއުވުމަށް މާބަނޑު މީހުންނަށް ވެކްސިން ދިނުމުގައި އަމަލު ކުރާނެ ގޮތް އާންމު ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނީ ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ޖެހި ފަހުން ބަލިވެ އިން ނަމަ، އެ މީހުންނަށް ދެ ވަނަ ޑޯޒްގެ ގޮތުގައި ޖަހާނީ ފައިޒާ ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ކަމަށެވެ.
ނަމަވެސް މާބަނޑުވުމުގެ ކުރިން ފުރަތަމަ ޑޯޒްގެ ގޮތުގައި ސިނޮފޯމް ވެކްސިން ޖެހި މީހުންނަށް އޮތް ހަމައެކަނި އިހުތިޔާރަކީ ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖެހުން ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
މީގެއިތުރުން އެޗްޕީއޭއިން ބުނީ ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހައި ހުއްޓާ މާބަނޑުވެއްޖެ ނަމަ، އެމީހުންނަށް ފުރަތަމަ އަދި ދެވަނަ ޑޯޒްގެ ގޮތުގައި ވެސް ޖަހާނީ ފައިޒާ ވެކްސިން އެކަނި ކަމަށެވެ.
ރާއްޖޭގައި ފައިޒާ ވެކްސިން ޖަހައިދެނީ ހައި ރިސްކު މީހުންނަށާއި،މާބަނޑު މީހުންގެ އިތުރުން 12-17 އަހަރުގެ ކުދިންނަށް އެކަންޏެވެ.
އެސްޓްރަޒެނެކާ ވެކްސިނަކީ ކުރިން އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިން އުފެއްދުމަށް ބޭނުންކުރި ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުންނެވެ.