މާލެއިން ފައްސިވީ 40 މީހުންނާ އެކު މިއަދު ފައްސިވީ 100 މީހުން!
ރާއްޖެއިން މިއަދު އިތުރު 100 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 40 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 50 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 9 މީހުން ފައްސި ވެފައިވެއެވެ. އަދި ކަނޑު އުޅަނދު ފަހަރުން ވެސް އެކަކު ކޮވިޑަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 82،364 މީހުންނެވެ.
ބަލިން ފަސޭހަވެފައިވަނީ 80،004 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 227 މީހުން ނިޔާވެފައި ވެއެވެ.
Ads by Allied Insurance