Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޕައިލެޓުންތައް އިސްތިއުފާ ދިނީ އެއްފަހަރަކާ ނޫން: މޯލްޑިވިއަން

ޕައިލެޓުންތައް އިސްތިއުފާ ދިނީ އެއްފަހަރަކާ ނޫން: މޯލްޑިވިއަން

ޤައުމީ އެއާލައިން "މޯލްޑިވިއަން"އިން ގިނަ އަދަދެއްގެ ޕައިލެޓުން އެއްފަހަރާ އިސްތިއުފާ ދިން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ގިނަ ޕައިލެޓުންތަކެއް އެއްފަހަރާ އިސްތިއުފާ ދީފައިވާ ކަމަށް ބުނެ މިއަދު ބައެއް މީޑިއާތަކުގައި ވަނީ ޚަބަރު ފަތުރައިފައެވެ. ނަމަވެސް "ދެން"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވަނީ މި ޚަބަރުތައް ދޮގު ކުރައްވައިފައެވެ.

"ޕައިލެޓުންތަކެއް އިސްތިއުފާ ދެއްވައިފައި ވަނީ، ނަމަވެސް އެއްފަހަރަކާ ނޫން. އެ ބޭފުޅުން ދިން މުއްދަތު ހަމަވުމުން ވަކިވެފައި ވަނީ" މޫސާ ވަސީމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މޫސާ ވަސީމް އިތުރަށް ވިދާޅުވީ، އިސްތިއުފާ ދެއްވައިފައި ވަނީ ހަތް ޕައިލެޓުން ކަމަށާއި ނަމަވެސް އެ ޕައިލެޓުން އިސްތިއުފާ ދިނީ އެއްފަހަރާ ނޫން ކަމަށެވެ.

މޯލްޑިވިއަންގެ ޕައިލެޓުންތަކެއް އިސްތިއުފާ ދެއްވާފައިވާކަން އެނގިފައިވީ ނަމަވެސް، އެމީހުން އިސްތިއުފާ ދިން ސަބަބު އަދި މޯލްޑިވިއަންއިން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ޕައިލެޓުން އިސްތިއުފާ ދިނީ ކޮވިޑާ ގުޅިގެން ކުޑަކުރި މުސާރައަށް ބަދަލު ނުގެނައުމުން އެހެން އެއާލައިނަކަށް ބަދަލުވާށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް