މާލެއިން ފައްސިވީ 54 މީހުންނާ އެކު މިއަދު ފައްސިވީ 111 މީހުން!
ރާއްޖެއިން މިއަދު އިތުރު 111 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 54 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 52 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 5 މީހުން ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 82،475 މީހުންނެވެ.
ބަލިން ފަސޭހަވެފައިވަނީ 80،154 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 13 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 227 މީހުން ނިޔާވެފައި ވެއެވެ.
Ads by Allied Insurance