Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަބްދުﷲ ރިޔާޒަށް މަޖިލިސް ގޮނޑި ހޯދައިދިނުމަށް އެތައް ބަޔަކަށް ބޭސްފަރުވާއާއި ސްކޯލަރޝިޕް ދިނިން: ޤާސިމް

އަބްދުﷲ ރިޔާޒަށް މަޖިލިސް ގޮނޑި ހޯދައިދިނުމަށް އެތައް ބަޔަކަށް ބޭސްފަރުވާއާއި ސްކޯލަރޝިޕް ދިނިން: ޤާސިމް

ކިނބިދޫ ދާއިރާއަށް އަބްދުﷲ ރިޔާޒް ހޮއްވަވައި ދެއްވުމަށް ޖުމްހޫރީ ޕާޓީން ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި މަޖިލިސް ގޮނޑި ހޯއްދަވައިދެއްވުމަށް އެ ދާއިރާގެ ރައްޔިތުންނަށް ބޭސްފަރުވާއާއި ސްކޯލަރޝިޕްތައް ދެއްވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޤާސިމް ވަނީ އަބްދުﷲ ރިޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޤާސިމްގެ ފާޑުވިދާޅުވުން އަބްދުﷲ ރިޔާޒަށް އަމާޒުވެގެން ގޮސްފައި ވަނީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ދަނގެތީ ދާއިރާގެ މެންބަރު ނާޒިމާ އެކު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ދަނގެތީ ދާއިރާގެ ގޮނޑީ ނާޒިމަށް އަދި ތިމަރަފުށީ ގޮނޑި ރިޔާޒު ކާމިޔާބުކުރެއްވީ ޖުމްހޫރީ ޕާޓިގެ ޓިކެޓްގައެވެ. ނާޒިމާއި ރިޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ އެ ވާހަކަތައް ދައްކަވަން ޖެހިވަޑައިގަތީ އެ ބޭފުޅުން ވެސް ޤާސިމަށް އަމާޒުކޮށް ޒާތީ ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ ކަމަށެވެ.

Advertisement
HDC — Sidebar (box)

ޤާސިމްގެ ވާހަކަފުޅުގައި ވިދާޅުވީ، އަބްދުﷲ ރިޔާޒުގެ އަނބިމީހާއާއި އޭނާގެ އަނބިމީހާއަކީ އެއްބަނޑު ދެ ބޭފުޅުން ކަމަށާއި އާއިލީ ގޮތުން ގާތްވުމުގެ ސަބަބުންނާއި އިތުރު ސަބަބުތަކާ ހެދި ރިޔާޒަށް ވަރަށް ބޮޑަށް އިތުބާރު ކުރެއްވި ކަަމަށެވެ. އަދި މަޖިލީހުގެ ގޮނޑި އެ ބޭފުޅާއަށް ކާމިޔާބުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ޤާސިމް ވިދާޅުވިއެވެ.

"ކިނބިދޫ ދާއިރާއަށް އަބްދުﷲ ރިޔާޒް ހޮވި ވަޑައިގަތީ ކިހިނެތްކަން، ކިތައް މިލިޔަން ޚަރަދުކޮށްގެންކަން އޭނާއަށް ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ. ކިތައް މީހުންނަށް ބޭސްފަރުވާ އެހީތެރިކަން ދިނިންތޯ އޭނަ މެދުވެރިވެގެން އަތޮޅުގެ ދާއިރާގައި، ސްކޯލަރޝިޕް ދީގެން ކިވައިދީގެން ބޭރަށް ފޮނުވައިދީގެން، ރާއްޖެއިން ކަންތައްތައްކޮށްދީގެން" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށް އެ ބޭފުޅުން ވާހަކަ ދައްކަވަނީ ލަދު ހަޔާތް ނެތިގެން ކަމަށެވެ. ޖުމްހޫރީ ޕާޓީއާ ގުޅޭގޮތުން ޕާޓީން ވަކިވި ބޭފުޅުންނާއި އެހެން ބޭފުޅުން ދައްކަވާ ވާހަކަތަކަކީ، އެއްވެސް ސަމާލުކަމެއް ދޭ ކަމެއް ނޫންކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

"އަބްދުﷲ ރިޔާޒަށް ވެސް ނާޒިމަށް ވެސް އަދި އެހެން ވެސް މިރާއްޖޭގައި ތިއްބެވި އެއްވެސް މީހަކަށް ވިއްޔާ އެނގޭނެ މީހަކު ދައްކާ ވާހަކައަކުން، ބުނާ އެއްޗަކުން، ކުރާ ކަމަކުން އަޅުގަނޑުގެ ހިތަށް އަަސަރުކޮށްގެން، އަޅުގަނޑު ރޮއެގެން، ޗޭ ވެގެންދާނެ މީހެއް ނޫންކަން މިއަކީ." ޤާސިމް ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީ އޮންނަނީ ނިދާފައި" ކަމަށް ނާޒިމާއި ރިޔާޒު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ޤާސިމް ވިދާޅުވީ ނިދާފައޭ ވިދާޅުވިއިރު. ގުޅެން އެނގުނީ ޖުމްހޫރީ ޕާޓީއާ ކަމަށެވެ. އަދި އެކަން ކުރީ އެބޭފުޅުން އެދިގެން އާދޭސްކޮގެން ނޫން ކަމަށާއި އާދޭސްކޮށްގެން ގެނައި އެކަކު ވެސް ޖުމްހޫރީ ޕާޓީގައި ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް