ޚަބަރު

އދ.ގެ ރިޔާސަތާ މިނިސްޓަރ ޝާހިދު މިރޭ ހަވާލުވެވަޑައިގަންނަވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިރޭ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު ކުރިއަށްދާ އދ.ގެ 75 ވަނަ ސެޝަންގެ އެންމެ ފަހު ދަންފަޅި ކުރިއަށް ދާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ. ރިޔާސަތާ މިނިސްޓަރު ޝާހިދު ހަވާލުވެވަޑައިގަތުމަށް ފަހު ތަގްރީރު ކުރައްވާނެއެވެ. މިނިސްޓަރ ޝާހިދު ވަނީ 35އަށް ވުރެ ގިނަ ޤައުމަކުން އދ.ށް ކަނޑައަޅައިފައި ތިއްބަވާ ދާއިމީ މަންދޫބުންނާ ބައްދަލުކުރައްވައިފައެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފައި ވަނީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. އެ އިންތިހާބުގައި މިނިސްޓަރ ޝާހިދުއާ ވާދަ ކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލްއެވެ. މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!