Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްއާރްއެމްގެ ޒައީމްކަމަށް މައުމޫން ކުރިމަތިލައްވައިފި

އެމްއާރްއެމްގެ ޒައީމްކަމަށް މައުމޫން ކުރިމަތިލައްވައިފި

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވައިފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރއެމް)ގެ ޒައީމްކަމުގެ މަޤާމަށް އެ ޕާޓީގެ ވަގުތީ ރައީސް ، ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރިމަތި ލައްވައިފިއެވެ.

އެމްއާރުއެމްގެ ޒައީމުގެ މަޤާމާއި ޕާޓީގެ ރައީސާއި ނައިބު ރައީސް އަދި އެ ނޫން ވެސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 16 ވަނަ ދުވަހެވެ.

އެމްއާރުއެމްގެ ޒައީމްކަމުގެ މަޤާމަކީ އެޕާޓީގެ ރައީސްކަން ކުރައްވައިފައިވާ ބޭފުޅުންނަށް އޮންނަ ފުރުސަތެކެވެ. މިހާތަނަށް އެޕާޓީގެ ރައީސްކަން ކުރައްވާފައިވާ ހަމައެކަނި ބޭފުޅަކީ ވެސް ރައީސް މައުމޫނެވެ.

Advertisement
Ooredoo — Truecaller (box)

އެމްއާރުއެމްގެ އެތެރޭގެ އިންތިހާބު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 2ގައި ބާއްވާ އެ ޕާޓީގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަނުގައެވެ. އެ ކޮންވެންޝަންގައި ޕާޓީގެ ޒައީމާއި ރައީސްގެ އިތުރުން ދެ ނައިބު ރައީސުން އިންތިހާބު ކުރާނެއެވެ. އަދި އެގްޒެކެޓިވް ކޮމިޓީއާއި ޒުވާނުންގެ ކައުންސިލާއި އަންހެނުންގެ ކައުންސިލަށް ރައީސުންނާއި ނައިބު ރައީސުންނާއި މެންބަރުން ހޮވާނެއެވެ.

މި މަގާމުތަކުގެ އިތުރުން އެ ކޮންވެންޝަންގައި އެމްއާރްއެމްގެ އިންތިހާބު ކޮމިޓީއާއި ސުލޫކީ ކޮމިޓީއާއި އިސްތިއުނާފު ކޮމިޓީއަށް 15 މެންބަރުން ވެސް ހޮވާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް