މުސާރަ ބޮޑު ނުކުރާތީ ސިވިލް ސާވެންޓުން މަސައްކަތް ހުއްޓައިލަނީ

މުސާރަ ބޮޑު ނުކުރާތީ ސިވިލް ސާވެންޓުން މަސައްކަތް ހުއްޓައިލާން ނިންމައިފިއެވެ.
އެ ހަރަކާތުގައި ބައިވެރިވާ ފަރާތަކުން "ދެން"އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މަސައްކަތް ހުއްޓައިލާން ނިންމައިފައި ވަނީ މިއަންނަ ހޯމަ ދުވަހު ކަމަށެވެ. އަދި އާދީއްތަ ދުވަހު ހިމޭން އިހްތިޖާޖް ކުރުމުގެ ގޮތުން ހުރިހާ މުވައްޒިފުން ކަޅު ހެދުމުގައި މަސައްކަތު ނިކުތުމަށް ވަނީ ނިންމައިފައެވެ.
"ފުރަތަމަ އާދީއްތަ ދުވަހު މިއުޅެނީ އިހްތިޖާޖް ކުރުމުގެ ގޮތުން ކަޅު ހެދުމުގައި ނިކުންނަން. ދެން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނައިސްފި ނަމަ، ޖެހިގެން އަންނަ ދުވަހު މަސައްކަތް ހުއްޓައިލާން" ނަން ހާމަ ނުރަން ޝަރުތުކޮށް މައުލޫމާތު ދެމުން ސިވިލް ސާވެންޓަކު ބުންޏެވެ.
ސިވިލް ސާވެންޓުގެ މުސާރަ ބޮޑުނުކޮށް އެތައް ދުވަހެއް ވެފައިވާއިރު، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދެކެވެ.
އިހްތިޖާޖްގައި ބައިވެރިވާ ބައިވެރިން ބުނެފައި ވަނީ، ސިވިލް ސާވެންޓުންނަކީ އެހެން ދާއިރާތަކުގެ މަސައްކަތްތެރިންނެކޭ އެއްގޮތަށް ބުރަ މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށާއި އެހެން ނަމަވެސް އަބަދުވެސް ސިވިލް ސާވެންޓްގެ އަޑު ސަރުކާރުތަކުން ނާހާ ކަމަށެވެ. އަދި އެހެން ދާއިރާތަކުގެ މަސައްކަތްތެރިންނަށް ތައުލީމީ ސެޓިފެކެޓްތަކުން މުސާރަ ބޮޑުކުރާއިރު، ސިވިލް ސާވެންޓުންނަށް އެ ޙައްޤު ނޯންނަ ކަމަށާއި އިހްތިޖާޖް ކުރާ އެއް ސަބަބަކީ މިއީ ކަމަށް ވެސް ބުންޏެވެ.
ސިވިލް ސާވެންޓުންގެ މުސާރައަށް އެންމެ ފަހުން ބަދަލެއް ގެނެސްފައި ވަނީ 2018 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ. މުސާރައަށް ބަދަލެއް ގެނައި ނަމަވެސް އެ ފަހަރު ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ވަރަށް ބޮޑަށް ލިމިޓްކޮށްފައެވެ. މިހެންކަމުން އެ ފަހަރު ވެސް މުސާރައަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.





.webp)

ކޮމެންޓް