ޚަބަރު

ވެމްކޯ ދޮރުމައްޗަށް ކުނި އެޅުމަށް ފަހު ސިޓީ ކައުންސިލުން މައާފަށް އެދިއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މާލޭސިޓީ ކައުންސިލްގެ ލޮރީ އަކުން ވެމްކޯ ދޮރުމައްޗައް ކުނިތައް އަޅާލާ ވީޑިޔޯގެ މަންޒަރުތަކެއް

އުސޫލަށް ބަދަލުގެނެސް މަގުތަކަށް ކުނިނެރުން މަނާ ކުރުމުން ވެސް މާލޭގެ ގޭގެއިން މަގުތަކަށް ނެރެފައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނެގުމަށް ފަހު، އެ ކުނިތައް ވެމްކޯގެ ކަލެކްޝަން ސެންޓަރުގެ ގޭޓް ކުރިމައްޗަށް އަޅައިލި މައްސަލައިގައި ކައުންސިލުން މައާފަށް އެދިއްޖެއެވެ.

Ads by MWSC

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވެމްކޯ ކަލެކްޝަން ސެންޓަރުގެ ދޮރުމައްޗަށް ކުނި އެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވެމްކޯ ދޮރުމައްޗަށް ކުނި އެޅިކަން ސަމާލުކަމަށް އައި ހިސާބުން އެކަން ބަލަން ފަށައިފައިވާކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

އޭގެފަހުން މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވަނީ އެކަން ހިނގައިފައިވާތީ އެކަމަށް މަޢާފަށް އެދިވަޑައިގެންފައެވެ. މިގޮތުން ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު ކައުންސިލްގެ މުވައްޒަފުން ފޮނުވައިގެން ވަގުތުން އެ ކުނިތައް ނެގި ކަމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ ކުނި އަރުވައިގެން ލޮރީ ދިޔަ ވަގުތު ވެމްކޯ މުވައްޒަފުންނާއި ސިޓީ ކައުންސިލްގެ މުވައްޒަފުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި ކަމަށެވެ. ކައުންސިލްގެ ވެހިކަލް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ވެސް ނޯންނަ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެކަން ހިނގައި ދިޔައީ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ކަމަށާއި އެއީ ނާތަހުޒީބު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެއީ ނާތަހުޒީބު އަމަލެއް. އެކަން އަޅުގަނޑު ގަބޫލުކުރަން. ވެމްކޯގެ ހުރިހާ މުވައްޒަފުންނާއި މެނޭޖްމަންޓުގެ ފަރާތުން ސިޓީ ކައުންސިލުން މައާފަށް ވެސް އެދެން. އެއީ ހިނގައިގެން ވާނެ ކަމަކަށް ގަބޫލެއް ވެސް ނުކުރަން" ނަރީޝް ވިދާޅުވިއެވެ.

Ads by Ooredoo
  1. ހުޅުމާލޭ ބޮޑު ޖިންނި

    ހެހެ ބުނޭ އޮޅިގެން ކުރެވުނު ކަމެކޭ