ޚަބަރު

"14 އަހަރުގެ ކުއްޖާ ރަހީނު ކުރީ ހުޅުމާލޭގައި މަރާލި ކުއްޖާ ހުރިހާ ވާހަކައެއް ކުރިން ކިޔައިދީފަ ހުރުމުން"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މަރާލާފައިވާ ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދު- ފޮޓޯ: މިހާރު

އުމުރުން 14 އަހަރުގެ ކުއްޖަކު ރޭ މާލެއިން ރަހީނު ކޮށްގެން، ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ މީގެ ދެ މަސް ކުރިން ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލި މީހުންނާ ގުޅޭ ބައެއްކަން ހާމަވެއްޖެއެވެ.

Ads by Sosun Fihaara

ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދެމުން، 14އަހަރުގެ ކުއްޖާގެ އާއިލާ މީހަކު ބުނީ، އެ ކުއްޖާ ރަހީނު ކޮށްފައިވަނީ ރޭ 8:30 ހާއިރު މާލޭ ޓްރެކް ސަރަޙައްދުން ކަމަށެވެ.

"ރަތް ކުލައިގެ ޓެކްސީ އެއްގައި އައި ދެ މީހަކު ގަދަކަމުން އެ ކުއްޖާ އެ ކާރަށް އެރުވީ. ކާރުގައި ހުރީ ކަޅު ކުލައިގެ ބިއްލޫރި ޖަހާފައި. އެމީހުން އޭނަ ގޮވައިގެން ދިޔައީ ހުޅުމާލެއަށް. ގޮސްފައި އެތަނުގައި ފިހާރައަކަށް ވަންނަން މަޑު ކުރި ތަނުން އެ ކުއްޖާ އަވަހަށް އެތަނުން ދުވެފައި ދިޔައީ." މައުލޫމާތު ދިން މީހާ ބުންޏެވެ.

އެމީހާ ބުނީ ކުއްޖާ އެތަނުން ދުވެފައި ދެވުންކަން އެއީ އޭނާގެ ނަސީބު ކަމަށާއި އޭނާ އެވަގުތު އެމީހުންގެ ތިމާގެ މީހަކަށް ގުޅައިގެން އަވަހަށް ގެއަށް ދިޔައީ ކަމަށެވެ. ކުއްޖާއަށް ހުރީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރު ކޮށްފައި ކަމަށާއި ގެއަށް ދިޔައިރު ހުރީ ހުން ވެސް އައިސްފައި ކަމަށް ވެސް ބުންޏެވެ.

ކުއްޖާ ރަހީނު ކުރީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަރާލި 13 އަހަރުގެ ކުޑަ ކުއްޖާގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުން ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

"މަރާލި ކުއްޖާއާއި މި ކުއްޖާއަކީ އާއިލީ ގޮތުން ގުޅިފައި ތިބި ދެ ކުދިން. އެ ކުއްޖާ މަރާލުމުގެ ކުރިން ހުރިހާ ވާހަކައެއް ވަނީ މި ކުއްޖާއަށް ކިޔައިދީފަ. އެހެންވެ މިހާރު މި ކުއްޖާގެ ފަހަތުން އެމީހުން މި އުޅެނީ" އެމީހާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، މި މައްސަލަ މިހާރު ފުލުހުންނާއި ޖެންޑާއިން ވެސް ބަލަމުންދާ ކަމަށެވެ.

ރޭގެ ވަގުތެއްގައި މާލޭއިން ގެއްލުނު އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ މިހާރު ފެނިފައިވީ ނަމަވެސް އެކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ވިދާޅުވެފައެވެ.

  1. ރަދީފް

    ”ކުއްޖާ ރަހީނު ކުރީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަރާލި 13 އަހަރުގެ ކުޑަ ކުއްޖާގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުން ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.” މީހަކު މަރާލާފަވެސް ހަމަ މިނިވަންކަމާއެކީ މަގުމަތީގަ؟؟ މިއީ ދެރަކަމެއް.ކޮބާތަ ކޯޓްތައް؟؟ ކޮބާ ފުލުހުން؟؟

    • ހަހަހަ

      އޭ މީ ރާއްޖެ އޭ… ރާއްޖޭގައި ތިކިޔާ ބާވަތުގެ ތަކެއްޗަކީ ވަކި ބައެއްގެ އެއްޗެހިތަކެއް…. ދައްކާ ކަހަލަ ވާހަކަ އެއްވެސް ނޫނެއނު މިރާއަޖޭގަ…

  2. ާހއމ

    ކުއްޖެއްގެ މަރުގެ ތުހުމަތުގައި ބައްދުކުރެވިފައިވާ ބަޔެއް މިނިވަން ކަމާއެކު އާއްމުންގެ ތެރޭ ދެންވިސްނާ ހާލަތު

  3. ޢާދަނުބެ

    މީ މިހާރު އުޅެން ހެޔޮވާވަރު ތަނެތްނޫން ޖަރީމާ ހާއްޔެއް މަދު ޖަރީމާއެތް މީޑިޔާއައްތިލަވާނީ

  4. ޓަކި މޫނާ

    މިހަކަލަ ފެއިލް ވެފަ އޮތް ސަރުކާކަރަށް ކޮންކަމެއް ކުރެވޭނީ؟ ތަރައްގީ އެއް ގެނެވުނީކީނޫން، ރަތްޔިތުންނަށް ރައްކާތެރި ކަމެއް ދެވުނީކީ ނޫން. ސަފު ހަދާގެން ޤަޢުމުގެ ފައިސާގަ ބޭރު ޤަޢުމުތަކަށް ގޮސް ފުއްލާގެން ބިހާ ކުޅެނީ.

  5. ަހާމަ

    މީ އިއްތިފާގެއްބާ ކޮންމެ މީހަކުވެސް ރަހީނު ކުރަން މި އަރުވަނީ ރަތް ކުލައިގެ ކާރަކަށް