Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގޭސްފުޅި ގޮވައި، އަނިޔާވެގެން ފަރުވާ ހޯދަމުންދަނީ ކެފޭގެ 4 ބިދޭސީ މުވައްޒަފުން: ފުލުހުން

ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް

ގޭސްފުޅި ގޮވައި، އަނިޔާވެގެން ފަރުވާ ހޯދަމުންދަނީ ކެފޭގެ 4 ބިދޭސީ މުވައްޒަފުން ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އެ އިދާރާއިން ބުނީ، ހުޅުމާލެ ކެފޭއެއްގައި 2026 ނޮވެމްބަރު 1ވަނަ ދުވަހުގެ ހެނދުނު 10:00 އެހައިކަންހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ސީންއަށް އެޓެންޑްވިއިރު އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށެވެ.

މި ހާދިސާގައި ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ކެފޭގެ އިމާރާތަށާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބާރު އަޑެއް އިވުމާ އެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.


މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ އިތުރަށް ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް