Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ތިނަދޫން ނިޔާވެއްޖެ

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ތިނަދޫން ނިޔާވެއްޖެ

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ގދ. ތިނަދޫން ނިޔާވެއްޖެއެވެ.

މިއީ މި ބަލީގައި ތިނަދޫން ނިޔާވި ހަތަރު ވަނަ މީހާއެވެ. ކޮވިޑް ބަލީގައި މީގެ ދެ ހަފްތާ ކުރިން ވެސް ވަނީ ތިނަދޫން މީހަކު ނިޔާވެފައެވެ.

އެ ރަށުގައި ހުންނަ ޑރ. ޢަބްދުއްސްމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، ނިޔާވެފައި ވަނީ އުމުރުން 89 އަހަރުގެ ފިރިހެނެއް ކަަމަށާއި އޭނާ ނިޔާވީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު 4:52 ގައި ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 228ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.އެވެ އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް