Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

މުލީއާގެ ކައިރީ މާރާމާރީއެއް، އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

މުލީއާގެ ކައިރީ މާރާމާރީއެއް، އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

މުލީއާގެ ކައިރީ މާރާމާރީއެއް ހިނގައި އެކަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި މާރާމާރީގައި އަނިޔާވެފައި ވަނީ ފިރިހެނަކަށްކަމަށް ފުލުހުން ބުނެއެވެ.

ޝޯޝަލް މީޑިޔާގައި ދައުރު ވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މާރާމާރީގައި އަނިޔާވި މީހާ މަގު މައްޗަށް ވެއްޓިފައި އޮއްވާ ފުލުުހުންގެ ވެހިކަލެއްގައި އެ މީހާ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެމީހާއަށް ހަމަލާ ދީފައި ވަނީ ކިހިނެތްކަމެއް އަދި ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް ވެސް ވަނީ ސާފުވާގޮތް ނުވެފައެވެ.

Advertisement
Ooredoo — Square (box)

ފުލުހުން ބުނި ގޮތުގައި މިރޭގެ 7:59ގައި މުލީއާގެ ކުރިމަތީގައި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓެއް ފުލުހުންނަށް ވަނީ ލިބިފައެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މިއަދު މެންދުރު އައްޑޫ ސިޓީގައި ވެސް ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފައެވެ.އެ މާރާމާރީގައި އަނިޔާ ވެފައިވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެމީހާއަށް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން ދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ޒަހަމްކޮށްލީ އޭނާ ދިރިއުޅޭ ފްލެޓްތެރޭގައި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހާކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ. ހަބަރު ލިބިފައިވާގޮތުގައި އެމީހާގެ ހާލު ސީރިއަސްއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް