Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އައްޑޫ ސިޓީގައި އަނެއްކާވެސް މާރާމާރީއެއް

އައްޑޫ ސިޓީގައި އަނެއްކާވެސް މާރާމާރީއެއް

އަައްޑޫ ސިޓީގައި އަނެއްކާ ވެސް ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ މިރޭ 20:05 ހާއިރު އައްޑޫ ސިޓީގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެމީހަކަށް ތޫނުއެއްޗަކުން ހަމަލާ ދީފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައި ވަނީ 27 އަހަރުުގެ ފިރިހެނަކަށާއި 23 އަހަރުގެ އަންހެނަކަށްކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

Advertisement
Allied — Dhen Online (box)

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ބުނެއެވެ.

އައްޑޫސިޓީގައި މިރޭ މިހިނގި މާރާމާރީއަކީ މިއަދު ހިންގި 3ވަނަ މާރާމާރީއެވެ. މިގޮތުން މިއަދު މެންދުރު އެ ސިޓީގައި ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފައެވެ. އަދި މިރޭ މާލޭގައި ވެސް ވަނީ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފައެވެ.

މިދެމައްސަލައިގައި ވެސް އަނިޔާ ވި މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާއިރު، މިއަދު މެންދުރު ހިންގި މާރާމާރީގައި އަނިޔާވި މީހާގެ ހާލު ސީރިއަސްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް