ޝަރުޢީ ދާއިރާ

ނާޒިމްގެ ރައްދު ޝުޖާއުއަށް: ބެންޗު ބަދަލު ކޮށްދޭން އެދުނީ މައްސަލަތައް އަބަދުވެސް އެއް ފަނޑިޔާރަކާ ހަވާލު ކުރާތީ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤާނޫނީ ވަކީލު ނާޒިމް ޢަބްދުއްސައްތާރު، ރާއްޖޭގެ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާކަމަށް ބުނެ ދެކެވެމުންދާ ވާހަަކަތަކުގެ ދިފާއުގައި އޭނާ ވާހަކަ ދައްކަވައިފިއެވެ.

Ads by MWSC

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހައިކޯޓުގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާ އެއްބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށެވެ. އަދި އެމަނިކުފާނު އަމުރު ކުރައްވަނީ އޭނާ ވަކާލާތުކުރާ މައްސަލަތަކަށް ބައެއްފަނޑިޔާރުން ބެންޗުގައި ނުހިމެނުމަށް ކަމަށެވެ.

ޝުޖާއު އުސްމާން ވަނީ، ހައިކޯޓުގެ ރެޖިސްޓްރާއަށް ވަކީލު ނާޒިމް ފޮނުއްވި މެސެޖެއްގެ ސްކްރީންޝޮޓެއް ވެސް އެ ޓްވީޓާ އެކު ހިމަނައިފައެވެ. އޭގައި ވަކީލު ވަނީ މައްސަލައެއްގެ އަދާހަމަ އަހައި، އަދި އެހެން މައްސަލައެއް ބެލުމަށް ފަނޑިޔާރު ޝަހީދު ފައިސަލްއާ ހަވާލު ނުކުރުމަށް އެދިލައްވައިފައެވެ.

މިކަމާ ގުޅޭގޮތުން "ދެން"އިން ސުވާލު ކުރުމުން ވަކީލު ނާޒިމް ވިދާޅުވީ އެ މެސެޖަކީ އޭނާ ހައި ކޯޓުގެ ރެޖިސްޓްރާއަށް ފޮނުއްވި މެސެޖެއް ކަމަށާއި އެ ފަދައިން އެދިލެއްވި ކަމަށެވެ. އަދި އެގޮތަށް އެދިލެއްވީ، ހުށަހަޅާ މައްސަލަތައް އަބަދުވެސް އެއް ފަނޑިޔާރަކާ ހަވާލު ކުރާތީ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ވަކާލާތު ކުރާ ހުރިހާ މައްސަލައެއް ބެލުމަށް ހުސް އެއް ފަނޑިޔާރަކާ އަބަދު ހަވާލު ކުރާތީ އެ ގޮތަށް އެދުނީ. އަޅުގަނޑަކީ ޤާނޫނީ ވަކީލެއް، ކޯޓުގައި އޮންނާނެ ގޮތަކީ، ވަކީލު ހިތްހަމަ ނުޖެހެންޏާ ބެންޗު ބަދަލު ކޮށްދޭން އެދެވޭނެ. އެއްބައި ފަހަރު ބަދަލު ކޮށްދޭނެ، އަނެއްބައި ފަހަރު ނުކޮށްދޭނެ. ދެން ކޮބައިތޯ ނުފޫޒު ފޯރުވިފަ؟ އަޅުގަނޑަކީ ރައީސް ނަޝީދުގެ ކޮއްކޮއަށް ވީމަތޯ ނުފޫޒު ފޯރުވި ކަމަށް ވަނީ؟" ނާޒިމް ސައްތާރު ސުވާލު ކުރައްވައިފައިވެއެވެ.

މީގެ އިތުރުން ވަކީލު ނާޒިމް ވިދާޅުވީ، ހައި ކޯޓުގެ ރެޖިސްޓްރާއާއި ޝުޖާއު އުސްމާނާ އޮތް ގުޅުމެއް ނޭނގޭ ކަމަށާއި ރެޖިސްޓްރާއަށް ފޮނުވި މެސެޖެއް އެފަދައިން ލީކުވީތީ އެ މައްސަލަ މާދަމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)އަށް ހުށަހަޅާނެ ކަމަށެވެ.

  1. މުންޖިޗޭ

    ދައްކާނެ ވާހަކަ ހުހެއްނުވާނެ! މިއޮއް ޖުޑިޝަރީއެއް ނުފެނޭތަ! މިނިވަންވިވަރުން ފަނޑިޔާރުން އެތިބެނީ ދެއަތަށް ކިރިކިރި.

    • ޙުސެއިން

      ކުރިން އޮތީ މުޅިން އެއް އަތަށް އަރިއަޅާފަ. ޕީޕީ އެމް ޕޯޑިމުން އެޑްވާންސަށް އިއްވާހުކުމް ކޯޓްޗތަކުން އިއްވަމުން ދިޔާ ދުވަސް އަދި އަހަރެމެން ހަނދާން ނުނެތެވެ.

  2. މުންޖިޗޭ

    ރައްދު ދީ ދައްކާވާހަކައިން އިތުރަށް ފަޟީޙަތްވުން ނޫންކަމެއް ނެތް. ތިޔަ ޖަހާ ސަކަރާތުގެ ވާހަކަ ރައްޔިތުން ދައްކާތާ ކިތަންމެ ދުވަހެއް. ބިރުދައްކައި ފިއްތައި ބާރުކޮށްގެންތިބެ އިޞްލާޙުގެ ނަމުގައި ޖަރިމާ ހިންގާވާހަކައަކީ އާވާހަކާއެއްނޫން. އެފަދަ ކަންކަން އިތުރަށް ހާމަވެގެންދާވަރަކަށް ރައްޔިތުން ދެއްކި ވާހަކަތަކުގެ ތެދުކަން ހާމަވާނެ.

  3. ބޯހަލާކު

    ބެންޗް ބަދަލުކުރަން އެދުމަށް ހައިކޯޓުގައި އޮންނަ އުސޫލަކީ އެސްއެމްއެސް މެދުވެރިކޮށް ރަޖިސްޓްރަރ އަށް މެސެޖް ފޮނުވުންބާ!

  4. ފަައިތުވެދިޔަ ފަސް އަހަރަކީވެސް ފަނޑިޔާރުގެ ބިނާކުރުމަށްވުރެ ފަނާކުރުމަށް ކުރެވުނު މަސައްކަތް ގިނަކަން ފަަހަގަ ކުރެވިފައިވާ ފަސްއަހަރު ކަމަށް ބެލޭނެ ސަބަބުތައް ވަރަށްގިނަ