ޚަބަރު

ފިޔަވަތީގައި ހަމަނުޖެހުން ހިނގީ ހައެއްކަ ކުދިން "ޓްރިގަރ"ވެގެން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މިރޭ ހިނގި ހަމަނުޖެހުންތަކަކީ އެތަނުން ހައެއްކަ ކުދިން އެކި ކަންކަމުގައި "ޓްރިގަރ"ވެގެން ހިނގި ކަންތައްތަކެއްކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ،

Ads by MWSC

ޖެންޑާ މިނިސްޓްރީން ވިދާޅުވީ ފިޔަވަތީގައި ހަމަނުޖެހުން ހިންގި ކުދިންނާ ވާހަކަ ދައްކަައިގެން އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ފިޔަވަތީ އިމާރާތުގެ ފުރާޅު މައްޗަށް ކުދިން އަރާ ތަނަށް ގެއްލުން ދިނުމުގެ ހާދިސާތައް ހިނގަމުން އަންނަތާ ދެތިން ދުވަސް ވެފައިވާކަމަށް ވަނީ މައުލޫމާތު ލިިބިފައެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ ފިޔަވަތީގެ ފުރާޅަކީ ކުދިންނަށް ފަސޭހައިން އެރޭނެ ގޮތަކަށް ހުންނަތަނެއް ކަމަށާއި ފުރާޅު މައްޗަށް އެރުމުން މަަގުމަތިންދާ އާއްމުންގެ ސަމާލުކަން ލިބި ވާހަކަ ދައްކާ ފޮޓޯ ނަގައި ހެދުމުން އެކަން ތަކުރާރު ކުރުމަށް ކުދިންނަށް ހިތްވަރު ލިބޭކަމަށެވެ. އެހެންކަމުން އެ ސަރަހައްދަށް އެއްވެ ވީޑިއޯކޮށް ފޮޓޯ ނުނެގުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ފިޔަވަތީގައި ހަމަނުޖެހުން ހިނގައި އިމާރާތުގައިި ރޯކޮށްލައިފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ ކުދިން އެތަނުގައި ފުރާޅުމަތީގައި ތިބި މަންޒަރު ވެސް މި ވީޑިއޯއިން ފެނެއެވެ. ބައެއް ކުދިން ވަނީ ފިޔަވަތީގައި ހުރި ކުޑަދޮރުތައް ވެސް ތަޅައިލައިފައެވެ.

އެ ސަރަހައްދުގައި ފުލުހުންނާއި، ސިފައިން ވެސް ހަރަކާތްތެރިވެފައިވާއިރު އިތުރުން ޖެންޑާ މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފިޝަލުން ވެެސް ވަނީ އެސަހައްދުގައި ހަރަކާތްތެރިވެފައެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ވިދާޅުވީ 18:55ހާއިރު އަލިފާނުގެ ހާދިސާއެއް ފިޔަވަތީގައި ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުން ހަރަކާތްތެރިވި ކަމަށެވެ. ނަމަވެސް އެ ސަރަހައްދަށް ދެވުނުއިރު އަލިފާން ނިއްވައިލައިފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!