ޚަބަރު

ޖެންޑާ މިނިސްޓްރީއާ ދެކޮޅަށް ފިޔަވަތީ މުވައްޒަފުންގެ ޕެޓިޝަނެއް ރައީސަށް!

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން

ފިޔަވަތީގައި މަސައްކަތް ކުރަމުންްދާ މުވައްޒަފުން ޖެންޑަރ މިނިސްޓްރީއާ ދެކޮޅަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށަފައިވާކަމުގެ މައުލޫމާތު ދެންއަށް ލިބިއްޖެއެވެ.

Ads by MWSC

ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ފިޔަވަތީގެ މުވައްޒަފަކު ބުނެފައި ވަނީ ކުދިންގެ ކަންކަން ހައްލުކުރުމަށް މިނިސްޓްރީ ތެރެއިން އެއްބާރުލުން ނުލިބޭ ކަމަށާއި ހުކުރު ދުވަހުން ފެށިގެން ކުދިން މަސަލަސް ކުރަން މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ކުދިންގެ ކަންކަން ހައްލުވެފައި ނުވާ ކަމަށާއި ރެއިން ފެށިގެން އަނެއްކާ ވެސް ކުދިން ދަނީ ތަނަށް ގެއްލުން ދެމުން ކަމަށެވެ.

"ރޭއްސުރެ ވެސް މިއުޅެނީ ކުދިންގެ ކަންކަން ހައްލުނުވެގެން. ރެއިން ފެށިގެން މެސް ރޫމަށް ވެސް ދަނީ ބޮޑެތި ގެއްލުންތައް ދެމުން. ބިއްލޫރި ތަށިތައް ތަޅައި މުޅިތަނަށް ބިއްލޫރިތައް ފުނޑުފުނޑުވެ ތަން މުޅިން އެއްކޮށް ހަލާކުވަނީ. ނަމަވެސް މިނިސްޓްރީއިން ހަމަ އަޅައި ވެސް ނުލާ. މިވަރުން ކެތް ކުރެވޭނީ ކިހިނެތް؟ ދެން އެކަންކަން ނުކުރަން ބުނީމަ އެކުދިން އެ ރުޅި އަންނަނީ އަހަރުމެން ދެކެ ދެން އަހަރުމެންނަށް ނުވާނެ. އެހެންވީމަ ދެން އަހަރުމެން ނިންމީ ރައީސްއަށް ހުށަހަޅަން" އެ މުވައްޒަފު ބުނެފައިވެއެވެ.

ރައީސް ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅަން ފިޔަވަތި މުވައްޒަފުން މަސައްކަތް ފަށައިފައިވާއިރު މި ކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީގެ ބަހެއް ހޯދައިލާން ކުރި މަސައްކަތުން އެނގިފައި ވަނީ އެ ފަދަ އިހުތިޖާޖެއް ކުރަމުންދާ ކަމަށެވެ.

ފިޔަވަތީގެ މައްސަލަ ބޮޑުވެ ހިސާބުގައި ދިރިއުޅޭ އާންމުން ވެސް ދަނީ ނުހަނު ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!