Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޝުޖާޢުގެ ރައްދު މަޖިލީހަށް: ޙާޟިރުވާން ތައްޔާރު! ލައްކަ ވާހަކަ ދައްކަން އެބަހުރި!

ޝުޖާޢުގެ ރައްދު މަޖިލީހަށް: ޙާޟިރުވާން ތައްޔާރު! ލައްކަ ވާހަކަ ދައްކަން އެބަހުރި!

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ ފިޔަވަތީގައި ކުދިންތަކެއް ހަމަނުޖެހުން ހިންގިއިރު އެތަނުގެ އެތެރޭގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހަރަކާތްތެރިވެވަޑައިގެންނެވި މައްސަލަ އެލްޖީއޭއަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމުމާ ގުޅިގެން އޭނާ ރައްދު ދެއްވައިފިއެވެ.

ހިޔުމަން ރައިޓްސް ކޮމިޓީގެ ނިންމުމާ ގުޅިގެން ޝުޖާޢު ވިދާޅުވީ ޙާޟިރުވާން ތައްޔާރު ކަމަށާއި ލައްކަ ވާހަކަ ދައްކަން އެބަހުރި ކަމަށެވެ، އަދި ޖެންޑާ މިނިސްޓަރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ޝުޖާޢު ވިދާޅުވެފައި ވެއެވެ.

https://twitter.com/ibrahimshujaau/status/1439516682251235333?s=24

Advertisement
Ooredoo — Truecaller (box)

ފިޔަވަތީގައި ތިބި ކުދިންތަކެއް މި ދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ، އެތަނުގެ ފުރާޅު މައްޗަށް އަރައި އަޑުގަދަކޮށް، ބިއްލޫރިތައް ތަޅައިލައި، އެތަނުގައި ހުޅު ވެސް ޖަހައިފައެވެ. އެކުދިން ބުނި ގޮތުގައި ފިޔަވަތީގެ މުވައްޒަފުން އެކުދިންނަށް އަނިޔާ ކުރަނީއެވެ.

ފިޔަވަތީގައި ހުރި މައްސަލަތަކާ ގުޅިގެން އެތަނުގެ މުވައްޒަފުން އިހުތިޖާޖަކަށް ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ޖެންޑާ މިނިސްޓްރީއާ ދެކޮޅަށް އެ މުވައްޒަފުން ޕެޓިޝަނެއް ހުށަހެޅުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް